ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 ފަންޑަށް ފައިސާ ހޯދުމަށް ކޭމްޕް ނޫ ސްޕޮންސަރ ކުރުމަށް ހުޅުވާލަނީ

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ވަބާ، ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ކުލަބުގެ ތާރީޚުގައި ވެސް ފުރަތަަމަ ފަހަރަށް ބާސެލޯނާ އިން އެކުލަބުގެ ސްޓޭޑިއަމް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

ކުލަބުގެ ސަގާފަތް އެއްފަރާތް ކުރުމަށް ފަހު، 2020/2021 ވަނަ ސީޒަނުގައި ކޭމްޕް ނޫ ސްޓޭޑިއަމް ސްޕޮންސަރ ކުރުމަށް ހުޅުވާލުމަށް ބާސެލޯނާ އިން ތައްޔާރުވަމުން ދާއިރު، ސްޕޮންސަރ ކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމަ އަށް ހަދިޔާކުރުމަށް ނިންމާފައިވާކަން އެ ކުލަބުން އިޢުލާން ކޮށްފައިވަނީ އިއްޔެ މެންދުރު ނެރުނު ބަޔާނެއްގައެވެ.

“ކުރިއަށް މިއޮތް ހަފްތާތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ބާސާ ފައުންޑޭޝަނުން، ކުލަބުގެ ސްޓޭޑިއަމް އާއި، އެހެނިހެން ވިޔަފާރި ސަރަޙައްދުތަކަށް ސްޕޮންސަރުން ހޯދުމަށް ގައުމީ ފެންވަރުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުން ގެންދާނަން.” ބާސެލޯނާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު 5 ފަހަރު އަދި ސްޕެނިޝް ލީގު 26 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ އަކީ އަަބަދުވެސް އެކި ރޮނގުތަކުން އިންސާނިއްޔަތަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުލަބެއް ކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top