ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި

މިހާރު މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދު ވެފައި ވީނަމަވެސް، ގޭގައި ތިބެގެން މަސައްކަތް ކުރާނެ ވަގުތު ތަކެއް ސަރުކާރުން  ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދު ކުރެވިފައި ވީނަމަވެސް، ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް އެކި އިދާރާތަކުގެ މުވައްޒަފުން ދަނީ ގޭގައި ތިއްބަވައިގެން ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top