ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިސާގެ އިނާމަކާ އެކު މުނިއަވަސް ޢީދު ހަދިޔާ 1441

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޒުވާން ޓީމަކުން އެއްވެސް މާލީ މަންފާއެއް ނެތި، ހިންގަމުން އަންނަ އޮންލައިން ނޫސް، މުނިއަވަސް އިން ފައިސާގެ އިނާމަކާ އެކު “މުނިއަވަސް ޢީދު ހަދިޔާ 1441” ގެ ނަމުގައި ޢީދު ހަދިޔާއެއް ކިޔުންތެރިންނަށް ދޫކޮށްލައިފިއެވެ.

މުނިއަވަސް ޢީދު ހަދިޔާ 1441” އަކީ މުނިއަވަސް ކިޔުންތެރިންގެ ތެރެއިން ނަސީބުވެރި، އެއް ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.

މުނިއަވަސް ޢީދު ހަދިޔާ 1441“ގެ އިނާމު ހޯއްދެވުމަށްޓަކައި މުނިއަވަސް ފޭސްބުކް ޕޭޖަށާއި، ތިރީގައި މިވާ ޕޯސްޓަށް ލައިކް ކުރައްވަން ޖެހެއެވެ.

https://www.facebook.com/588483497901727/posts/2902636966486357/?sfnsn=mo

މީގެ އިތުރުން އޮރިޖިނަލް ޕޯސްޓުގެ ކޮމެންޓް ބައިގައި muniavas# ޖެއްސެވުމަށްފަހު ފޭސްބްކްގައި ހިމެނޭ 10 ރައްޓެހިންނަށް ޓެގް ކުރައްވަން ޖެހެއެވެ. މީގެ އިތުރުން މިދެންނެވި ޕޯސްޓް ޝެއަރ ކުރައްވައި މި ހުރިހާ ކަމެއް ފުރިހަމަކުރައްވާ ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއް ކޮށްފައިވާ muniavas# ކޮމެންޓަށް އެންމެ ގިނަ ލައިކްސް ލިބޭ ފަރާތަކަށް މުނިއަވަސް ގެ ޢީދު ހަދިޔާ ލިބިގެންދާނެ އެވެ.

މުނިއަވަސް ޢީދު ހަދިޔާ 1441” އަކީ މުނިއަވަސްގެ ޓީމުގެ މެންބަރުންގެ ފަރާތުން ކިޔުންތެރިންނަށް ދޫކޮށްލާ މިފަދަ ފުރަތަމަ ހަދިޔާއެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ހަދިޔާތައް، އެކި މުނާސަބާ ތަކާއި ގުޅުވައިގެން މުނިއަވަސްގެ ޓީމުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top