ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިއްޙީ މަސައްކަތްތެރިންނަށް ހާއްސަ އެލަވަންސެއް

ކޮވިޑް-19 އާއި ގުޅިގެން އިސް ސަފުގައި  މަސައްކަތްކުރާ ސިއްޙީ ދާއިރާގެ ފަރާތްތަކަށް ހާއްސަ އެލަވެންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ބަލިމަޑުކަމުގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކަށް 200 ރުފިޔާ އާއި، 500 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ “ފްރޮންޓްލައިން އެލަވަންސް” ދޭނީ، ތިން ގިންތިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ދުވާލަކަށް، 500 ރުފިޔާ އަދި، ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުންވަނީ، 20,000 ރުފިޔާ އިން މަތިކޮށް މުސާރަ ލިބޭ ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް ވެސް ނިންމާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަތަކަށް ކުޑަކޮށް ގެނައި ބަދަލުތަކުގައި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top