ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާގެ އެކި އަވަށްތަކުގައި ތާށިވި 235 ދިވެހިން ރާއްޖެ ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ އެކި އަވަށްތަކުގައި ތާށިވި 235 ދިވެއްސަކު އިއްޔެ ރާއްޖެ ގެނެސްފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވިގެން އިންޑިއާގެ އެކި އަވަށްތަކުގައި ތާށިވެފައި ތިބި 235 ދިވެހިން އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެ ފުލައިޓުގައި ރާއްޖެ އައިސްފައި ވަނީ އިންޑިއާއަށް ބޭސްފަރުވާ ކުރުމަށް ގޮސް ނާދެވިފައި ތިބި ފަރާތްތަކާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، އެއަރޕޯޓުތަކާއި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ކަމަށެވެ. ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް މި މީހުންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top