ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން” ޖޫން އަށްވަނަ ދުވަހު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އާމްދަނީ ވަންނަ އެންމެ ބޮޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަން އެއްކޮށް ހުއްޓާލާފައި ވާއިރު، އާ އާންމު ޙާލަތުގައި ފަތުރުވެރިކަން އަލުން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން، ފަތުރުވެރިކަން އަލުން ހުޅުވާލުމާބެހޭ ޕްލޭން “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން” ޖޫން 8 ވަނަ ދުވަހު ވާރޗުއަލްކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

ފަތުރުވެރިކަމާބެހޭ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި، ޚިދުމަތްދޭ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާތަކާއި އެކު، މި ޕްލޭން ލޯންޗު ކުރުމަށް ހަމަޖެހިފައި ވާއިރު، އެ ފަރާތްތަކުން ގެންނަން ޖެހޭ ބަދަލުތަކުގެ އުސޫލާއި، އެހެނިހެން ތަފްސީލުތައް ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މިޕްލޭން ވާރޗުއަލްކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރު ފޭސްބުކް މެދުވެރިކޮށް 3 ގަޑިއިރަށް ކުރިޔަށްގެންދާ އިވެންޓެގައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮއެދޭ ސެލެބްރިޓީންނާއި، އިންޑަސްޓްރީގެ ނުފޫޒުގަދަ ފަރާތްތަކާއި، އާޓިސްޓުންނާއި އަދި އެހެނިހެން ފަރާތްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ނެރުނު ސަރކިއުލާގައި ބުނެފައިވެއެވެ.

މި އިވެންޓުގައި މެސެޖު ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު، ރާއްޖެއާއި ބެހޭ ގޮތުން ދެކޭ ޚިޔާލު، ނުވަތަ އަލުން ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމާއި ގުޅޭ ގޮތުން ބުންނަ ބޭނުންވާ އެއްޗެއް 60 މިނެޓުގެ މެސެޖެއްގައި ރިކޯޑު ކޮށްފައި ފޮނުވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ. މެސެޖު ފޮނުވާނެ ގޮތާއި، އެހެން ތަފުސީލުތައް އެމްއެމްޕީއާރުސީގެ މީސް މީޑިއާ އަދި ވެބްސައިޓުގައި ވެސް ހާމަކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top