ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު އެ ގައުމަށް ފޮނުވާލައިފިއެވެ.
މިކަން ހާމަކުރަމުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ ފުލައިޓެެއްގައި ބަންގްލަދޭޝްގެ އިތުރު 200 މީހަކު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
#Maldivian flight is getting ready to depart from @VelanaAirport with another 200 Bangladeshi nationals to #Dhaka. #NationalAirline 🇲🇻#RepatriationFlightsToDhaka pic.twitter.com/JP9RY2fowV
— MaldivianAero (@MaldivianAero) May 26, 2020
މިހާތަނަށް ބަންގްލަދޭޝް އަށް ނިސްބަތްވާ ގާތްގަނޑަކަށް ހާހެއްހާ މީހުން އެ ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަން ފާހަގަކޮށްލެވެއެވެ. އަދި އެމީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައި ވަނީ މޯލްޑިވިއަންގެ ފްްލައިޓުތަކާއި، ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ ފްލައިޓަކާއި، އަދި އެ ގައުމުގެ އަސްކަރީ ދެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ.
