ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރެއް ނިޔާވެއްޖެ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވަމުން ގެންދެވި ޑޮކްޓަރެއް ނިޔާވެއްޖެއެވެ. ނިޔާވީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވަމުން ގެންދެވި ކަށީގެ ޚާއްޞަ ޑޮކްޓަރެކެވެ.

އެ ޑޮކްޓަރު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ނިޔާވީ އުމުރުން 45 އަހަރުގެ ޑރ. ރާޖޭޝް ނަމަކަށް ކިޔާ ބިދޭސީ ޑޮކްޓަރެކެވެ.

ނިދާޢު އެމްވީން ގަމު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ބުނީ އެ ޑޮކްޓަރަކީ ކެންސަރު ބަލީގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޑޮކްޓަރެއް ކަމަށާއި އަދި ޑޮކްޓަރު ފަރުވާ ހޯދަމުން ދިޔައީ ތައިރޮއިޑް ކެންސަރަށް ކަމަށެވެ. ޑޮކްޓަރު މާލެއަށް ފަރުވާ ހޯދުމަށް ދިޔައީ ހާލަތު އިތުރަށް ގޯސްވާހެން ހީވާން ފެށުމުން ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ނިދާޢުން ބުނެެެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top