އެއްމެ ބޮޑު އުއްމީދަކީ މަސްޖިދުލް ހަރާމް އާާއި ނަބަވީގައި ބަންގި ގޮވުން ކަމަށް ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބުނެފިއެވެ. އާތިފް އަސްލަމް ލަވަކިޔުން ހުއްޓާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ޕާކިސްތާނުގެ ޓީވީ ޗެނަލެއްކަމަށްވާ ’ޖިއޯ ޓީވީ‘ އަށް ދިން އިންޓަވިއުއެއްގައި ބުނީ މައްކާ އާއި މަދީނާގައި ހުންނަ ދެ ހަރަމްފުޅުގައި ބަންގި ގޮވުމަކީ އޭނާ އެންމެ ބޮޑަށް އެދޭ ކަންތައް ކަމަށެވެ.
މަދަހަ އާއި ސަނާ އަދި ދުޢާތައް އާތިފްގެ އަޑުން އިވުން ގިނަވެފައިވާއިރު، އާތިފް ލަވަކިޔުން ހުއްޓައިލަން އުޅޭކަމަށް ދެކޭވާހަކައަށް އޭނާ ވަނީ ތަފްޞީލް ޖަވާބެއް ދީފައެވެ.
އާތިފު ބުނީ މަދަހަ ކިޔަން ފެށ ިފަހުން އޭނާއަށް ލިބެމުންދާ ލޯތްބާއި އިހްތިރާމު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި، ޒުވާން މުސްލިމުން އޭނާގެ މަދަހަތައް ބަލައިގެންފައި ވާކަމަށާއި ނަމަވެސް މިއުޒިކް އިންޑަސްޓްރީ އެއްކޮށް ދޫކޮށްލުމާމެދު އަދި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
”އާނ. އަހަރެން އިސްލާމީ ލަވަތައް ކިޔައި މާތްﷲ އާއި މާތް ރަސޫލާއަށް ސަނާ ކިޔާނަން.“
ކޮވިޑް-19 ފުރަބަންދުގައި އާތިފް އަސްލަމްގެ އަޑުން ގޮވާފައިވާ ބަންގި ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޖިއޯ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ މައްކާގެ ކަޢުބަތުﷲ ގެފުޅުގައި ބަންގި ގޮވުމަކީ އޭނާ އެތަކެއް ދުވަހެއް ވަންދެން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




