ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 39 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 39 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 27 ދިވެހީންނާއި، ބަނގުލަދޭޝްގެ 7 މީހުންނާއި، އިންޑިއާގެ 5 މީހުން ކަމަށެވެ.
✳️ COVID-19 Case Updates
As of 06:00 PM
Confirmed an additional 39 cases of COVID-19 infections in Maldives
– 27 Maldivians
– 7 Bangladeshis
– 5 IndianTotal number of cases: 2,801 pic.twitter.com/cg76YAicO2
— Health Protection Agency (@HPA_MV) July 14, 2020
މިއާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2801 އަށް އަރާފައެވެ. މިއަދު ރަނގަޅުވި 12 މީހުންނާއި އެކު، ކޮވިޑް-19 އިން ޝިފާ ލިބުނު މީހުންގެ އަދަދު ވަނީ 2302 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މިވަގުތު ފަރުވާދެމުން ދަނީ 470 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 14 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 47 މީހުން ތިބިއިރު، 410 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
