ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖަމްއިއްޔަތުލް ބުންޔާންގެ އީދު ހަދިޔާ ވަރަށް ތަފާތު

ފޮތް ކިޔައިގެން އީދު ހަދިޔާ ހޯދުމަށް ޖަމްއިއްޔަތުލް ބުންޔާންގެ ފަރާތުން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މިފްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސްވަނީ ހުޅުވާލައިފައި އެޖަމްއިއްޔާއިން މައުލޫމާތު ދެއެވެ. ފޮތް ކިޔައިގެން އީދު ހަދިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފައިވާ މި ޕްރޮގްރާމްގައި ކިޔުމަށް ހަމަޖެހިފައިވަނީ “އީދު މުބާރަކް” ފޮތްކަމަށާއި މިފޮތް އެޖަމްއިއްޔާގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

https://www.facebook.com/BunyaanOfficial/

“ފޮތް ކިޔާ އިނާމު ހޯދާ” ގެ ނަމުގައި ކުރިއަށް ގެންދާ މި އީދު ހަދިޔާ ޕްރޮގްރާމްގައި 1 ވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 700 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާގެ އިނާމު ލިބޭނެ ކަމަށް ޖަމިއްޔަތުލް ބުންޔާނުން ބުނެއެވެ.
ޖަމްއިއްޔަތުލް ބުންޔާންއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން “އީދު މުބާރަކް” ފޮތުން ދުވާލަކު 5 ސަފްހާ ކިޔަންވާނެއެވެ. އަދި އެދުވަހަކު ކިޔަން ހަމަޖެހިފައިވާ 5 ސަފްހާ އެޖަމްއިއްޔާގެ ފޭސްބުކް ޕޭޖަށްވެސް އަޕްލޯޑް ކުރާނެއެވެ. ޕްރޮގްރާމްގައި ޖަވާބު ދިނުމަށް ހަމަޖެހިފައިވާ ސުވާލުތައް ދޭނީ ޖުލައި މަހުގެ 30ވާ ބުރާސްފަތި ދުވަހު ކަމަށާއި ސުވާލު ކުރެވޭނީ ގޫގުލް ފޯމް މެދުވެރިކޮށްކަމަށްވެސް މައުލޫމާތުލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top