ޓެކްނޮލޮޖީގެ ތަރައްޤީއާއި އެއްކޮށް ދުނިޔެ ބަދަލުވެ، އިވެންޓް އިންޑަސްޓްރީ ބަދަލުވެފައިވާއިރު، “ނެކްސްޓްއޮން” ވާރޗުއަލް އިވެންޓްސް އާއެކު ރާއްޖޭގައިވެސް އިންގިލާބީ ބޮޑު ބަދަލަކާއެކު އިވެންޓްތައް ބޭއްވޭނެ އިންތިޒާމު އިވެންޓް މޯލްޑިވްސް އިން ތަޢާރަފުކޮށްފިއެވެ.
“ނެކްސްޓްއޮން” ވާރޗުއަލް އިވެންޓްސް ޓެކްނޮލޮޖީގެ އެހީއާއެކު އެންމެން އެއްތަނަކަށް ޖަމާނުކޮށް އިވެންޓްތައް ބޭއްވޭޭނެއެވެ. އެކަމަށް ފެސިލިޓީތަކެއް ބޭނުމެއް ނުވާނެއެވެ. “ނެކްސްޓްއޮން” އިވެންޓް ޕްލެޓްފޯމާއެކުގައި ރާއްޖޭގެ އިވެންޓްގެ މަންޒަރު އެއްކޮށް ބަދަލުވެގެންދާނެއެވެ. އެގޮތުން އިވެންޓްތަކުގައި ކުރިން ނުކުރޭ ގިނަ ކަންތައްތަކެއްވެސް މި ޕްލެޓްފޯމާއެކުގައި ތަޢާރަފުވެގެން ދާނެއެވެ.
ނެކްސްޓްއޮން” އިވެންޓް ޕްލެޓްފޯމުގައި އަންލިމިޓެޑް ވާރޗުއަލް ސެޓްތަކާއި އެއް އިވެންޓެއްގައި ތީމާއި ގުޅޭ ގޮތަށް ސްޓޭޖްގެ މާހައުލު އެތައް ފަހަރަކު، އެތަކެއް ގޮތަކަށް ބަދަލުކޮށްލެވޭނެއެވެ.
މީގެ އިތުރުން އެއްވެސް ލިމިޓެއް ނެތް ގޮތަށް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އޯޑިއަންސަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން އޯޑިއަންސާއި އިވެންޓް ހުށައަޅާ ފަރާތާއި އިންޓަރެކްޓްކޮށްވެސް އިވެންޓްތައް ބޭއްވޭނެއެވެ.
މިއީ ބްރޯޑްކާސްޓް ކުރެވޭނެ ހުރިހައި ފެސިލިޓީތަކާއެކު ހިމެނޭ ވަރަށް ފުރިހަމަ ޕްލެޓްފޯމެކެވެ. އެގޮތުން ޓީވީ ޕްރޮގްރާމެއް ނުވަތަ ސޯޝަލް މީޑިއާ ޕްރޮގްރާމެއް ނުވަތަ އިވެންޓެއްވެސް “ނެކްސްޓްއޮން ވާރޗުއަލް އިވެންޓްސް” ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.
“ނެކްސްޓްއޮން” އަކީ އިވެންޓް އަދި އެޑްވަޓައިޒިން ދާއިރާގެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ‘އިވެންޓް މޯލްޑިވްސް’ އާއި ‘ތިންކް އެޑްވަޓައިޒިން’ އޭގެ ފަހަތުގައިވާ ޒަމާނީ އިވެންޓް ޕްލެޓްފޯމެކެވެ.
“ނެކްސްޓްއޮން”ގެ ވީޑިއޯ ޕާޓްނަރަކީ ‘ވީޑިއޯ މޯލްޑިވްސް’ އެވެ. “ނެކްސްޓްއޮން”ގެ އެތަކެއް އިތުރު ޕްރޮޑަކްޓަކެއް ކުރިއަށް އޮތް ތަނުގައި ތަޢާރަފުވެގެންދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2025ޚަބަރު“ސޮރީ” ކަރުނައާއި ބަޓަރުފޮހެން ތައްޔާރުވެގެން އަންނައްޗޭ
- 16 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ބޮޑު ޝޯގެ ޓިކެޓް ވިއްކަން މިރޭ ފަށަނީ
- 15 މެއި 2025ޚަބަރުބެންގަލޫރުގައި ބާއްވާ ކުރު ފިލްމު މަހާސަމާއަކަށް ދިވެހި ފިލްމު ހުށައެޅުމުގެ ފުރުޞަތު
- 15 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ބޮޑު ޝޯގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ