ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނާ ޚާން ފިލްމީ ދާއިރާ ދޫކޮށް ދީނާއި އިންސާނިއްޔަތަށް ޚިދުމަތްކުރަން ނުކުމެއްޖެ

މޮޑެލްކުރުމާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔަ ބޮލީވުޑްގެ ތަރި ސަނާ ޚާން އެ ދާއިރާ ދޫކޮށްލައި ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ތަބާވެ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ދެމިހުރުމަށް ނިންމައިފިއެވެ.

ރިއަލިޓީ ޝޯ ‘ބިގް ބޮސް’ ގައި ވެސް ހަރަކާތްތެރިވި ސަނާ، ފިލްމީ ދާއިރާ ދޫކޮށްލިކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް އެ ޚަބަރު ހިއްސާކުރަމުން ސަނާ ބުނީ މިހާރު އޭނާ ބޭނުންވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުމަށާއި ޚަލްޤުކުރެއްވި ފަރާތުގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބައި އަމަލުކުރުން ކަމަށެވެ.

މި ޚަބަރު ސަނާ ޚާން ހިއްސާކުރީ ހިންދީ، އިނގިރޭސި އަދި އުރުދޫ ބަހުން ލިޔުނު ދިގު މެސެޖެއްގައެވެ.

“މިއަދުން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާ އެއްކޮށް ދޫކޮށްލައި، އިންސާނިއްޔަތަށް ޚިދުމަތްކޮށް، އަހަރެން ޚަލްޤުކުރެއްވި އިލާހުގެ އަމުރުފުޅުތަކަށް ތަބާވާން ނިންމައިފިން.”

ސަނާ ޚާންގެ ދިގު މެސެޖް ނިންމާލަމުން އެދިފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ އެއްވެސް ކަމެއްގެ ވާހަކަ އޭނާގާތު ނުއެހުމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top