ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އުފެއްދުންތައް ފެންވަރު ރަނގަޅުވަނީ ވަރަށް ގިނަ މަސައްކަތްތަކެއް އެ ޕްރޮޑަކްޝަނުން ކުރަމުން އަންނާތީ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ ޕްރޮޑަކްޝަނަކަށް، ޝޫޓިންގ އަށް ދިއުމުގެ ކުރިން ނަގަން ޖެހޭ މަންޒަރުތައް ފަރިތަކޮށް، ރިހާސަލް ހެދުމީ އެމީހުންގެ އާދައެކެވެ. ހަމަ އެހެންމެ ލޮކޭޝަނަށް ގޮސް ވެސް ރިހާސަލް ހަދައެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ އޮން ލޮކޭޝަން ރިހާސަލްތައް މިރޭ ފަށާފައިވާ ކަމަށް އެ ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ. ރަސްމީ ސިފައެއްގައި “ރޫމީ އާ ޖަންނަތު“ގެ ކާސްޓުން އިޢުލާނުކޮށްފައި ނުވިޔަސް، މިރޭ އެ ޕްރޮޑަކްޝަނުން އާއްމުކޮށށްފައިވާ ފޮޓޯއިން ފެންނަ ބައެއް މޫނުތަކަށް ބަލައިލަން ޖެހެއެވެ.
“ރޫމީ އާ ޖަންނަތު” ވެބް ސީރީޒުން އަބްދުﷲ ޝާފިއު (ފުބޫ)، ފިލްމު “މީ ލޯތްބަކީ” އަދި “މާމުއި” އާއި ޑާކް ރެއިންގެ އުފެއްދުންތަކުގައި ކޮމެޑީ ކުޅޭތަން ފެންނަ އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ނަން ބުނެލިޔަސް، ކޮމެޑީއަށް ފުދޭ ކުޅަދާނަ އެކްޓަރު މުޙައްމަދު ފައިސަލް ފެނިގެންދެއެވެ. ހަމަ އެހެންމެ ދިވެހި ފިލްމީ ދާއިރާގައި ހަޔާތީ އަރުތަ އެވޯޑް ހާސިލްކޮށްފައިވާ ފުންނާބު އުސް އެކްޓަރ ޙަސަން މަނިކް (ރޯނު ހަސަން)ގެ އިތުރުން ޑާކް ރެއިންގެ އުފެއްދުންތަކުން ފެންނަ އިޓަލީއަށް އުފަން އެކްޓްރެސް މާރިޔާ ތެރޭސާ ވެސް ފެނެއެވެ.
“ރޫމީ އާ ޖަންނަތު” ވެބް ސީރީޒުގެ ލީޑް ތަރިން ހާމަކޮށްފައި ނުވިޔަސް، ދާދި ފަހުން ޑާކް ރެއިން އިން އާއްމުކުރި ޕޯސްޓެއްގައި އަބްދުﷲ ޝާފިއު (ފުބޫ) އާއި މަރްޔަމް މަޖުދާ (މަޖޫ) ފެނިގެން ދިއުމުން މި ސީރީޒް ލީޑްކުރާނީ މި ދެތަރިން ނޫންބާއޭ ސުވާލު އުފެދެއެވެ.

ފުބޫ އާާއި މަޖޫ – ފޮޓޯ: ޑީއާރްއީ
އޮން ލޮކޭޝަން ޓްރެއިނިން ޝެނަންގައި ފެނިގެންދަނީ މި ސީރީޒްގެ އެއް ލިޔުންތެރިޔާ އަދި މިހާރު ޑައިރެކްޝަނުން ވެސް ފެންނަ ޢާއިޝަތު ފުއާދު ތަޢުފީޤް އެ ސެޝަން ލީޑްކުރާ ތަނެވެ.
“ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި އަޙްމަދު ޠަލާލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!