ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައު ޢާންމު ޙާލަތުގައި ބައެއް ކަންކަމަށް އޮލިމްޕަސް ހުޅުވާލައިފި

އައު ޢާންމު ޙާލަތުގައި ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަސް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު އާއްމުކުރި އާއްމު އެންގުމެއްގައި ބުނީ ކޮވިޑް–19 އާއި ގުޅިގެން އޮލިމްޕަހުގައި ހަރަކާތްތައް ހިންގުން މެދުކަނޑާލުމަށްފަހު، އައު އާންމު ހާލަތުގައި އެޗް.ޕީ.އޭ އިން އެކުލަވާލައްވާ އާންމުކުރައްވާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އޮލިމްޕަހުގައި ހަރަކާތްތައް ހިންގަވަން ބޭނުންފުޅު ފަރާތްތަކަށް މިއަދުންފެށިގެން އެފުރުސަތު ހުޅުވާލެވިފައި ވާކަމަށެވެ.

މި އެންގުމުގައި އިތުރަށް ބުނީ ފަންނުވެރިންގެ ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުގެ ގޯތިތެރެއާއި ސްޓޭޖުން ޖާގަ ދޫކުރުމަށް ހަމަޖެހިފައި ވާކަމަށާއި މިކަމަށް އެދޭ ފޯމު އެން.ސީ.އޭ ގެ ރިސެޕްޝަނުންނާއި ވެބްސައިޓު www.nca.gov.mv  އިން ލިބިވަޑައިގަންްނަވާނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top