ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގްރީސް އާއި ތުރުކީއަށް ބާރުގަދަ ބިންހެލުމެއް! – ތުރުކީއަށް ސުނާމީ އަރައިފި

މެގްނިޓިއުޑް 7.0 ބާރުމިން ހުރި ބާރުގަދަ ބިންހެލުމެއް ގްރީސް އާއި ތުރުކީގެ ބައެއް ހިސާބުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ތުރުކީއަށް އާދައިގެ ސުނާމީއެއް ވެސް އަރާފައިވެއެވެ.

ތުރުކީގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންް ހާމަކޮށްފައިވާ ގޮތުން މިހާތަނަށް 04 މީހުން މަރުވެފައިވާކަމަށާއި 120 މީހުން ޒަޚަމްވެފައި ވާކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.

މީސްމީޑިއާގައި އާއްމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން، ތުރުކީގެ އިޒްމީރް ސިޓީގެ އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

މީގެ އިތުރުން، ސުނާމީގެ ސަބަބުން ކޮންމެވެސް ވަރަކަށް ފެންބޮޑުވެފައިވާ މަންޒަރުތައް ވެސް ފެނެއެވެ.

ތުރުކީގެ ޑިޒާސްޓަރ އެންޑް އިމަޖެންސީ މެނޭޖްމެންޓްގެ ރައީސް ވިދާޅުވީ ބިންހެލުން އުފެދިފައިވަނީ އެއިގަން ކަނޑުގެ 16.5 މީޓަރު އަޑިން ކަމަށެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top