“ލަކީ” ކައިރީ ބުނެގެން ބޭނުން އެއްޗެއް ހޯދުމުގެ ފުރުޞަތު ހުޅުވައިލި ބައިސްކޯފުގެ ރިއަލިޓީ ޝޯވގެ ފުރަތަމަ އެޕިސޯޑް މިމަހު 12 ވަނަ ދުވަހު ދައްކާނެއެވެ.
ވިޝާލް ޒަކީ އުފައްދާފައިވާ “ލަކީ”ގެ ދެވަނަ ޓީޒާއެއް ބައިސްކޯފުން ދޫކޮށްލާފައިވާއިރު، އެ ޓީޒާއިން ފެންނަނީ ‘ލިލީ އެފް އެންޑް ބީ’ ފިހާރަ ފެންނަ ގޮތަށް މަގުމަތީގައި ހުއްޓިލައިގެން ހުރެ “ލަކީ” ޝޯވގެ ފުރަތަމަ އެޕިސޯޑަށް އެންމެނަށް ދައުވަތުދޭ ތަނެވެ.
“ލަކީ” އަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ނުވާ ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ޝޯވއެކެވެ. ބައިސްކޯފުން ބުނީ މި ޝޯވގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިޞާދު ދަށްވެ އާންމުންގެ ޖީބުތަކަށް ދަތިވެފައިވާ މި ދުވަސްވަރުގައި ކޮންމެވެސް ގޮތަކުން ބައިސްކޯފުން އާންމުންނަށް އެހީތެރިވެދިނުން ކަމަށެވެ.
Let’s find out who got lucky!
‘Lucky’ is coming soon to #Baiskoafu
Stay tuned! pic.twitter.com/6NiYhIQh0x— Baiskoafu (@baiskoafu) November 8, 2020
“ލަކީ” މިއީ ސީޒަން ތަކަކަށް ބަހާލައިގެން ބައިސްކޯފުން ގެނެސްދޭން ނިންމާފައިވާ ޝޯވއެކެވެ. އެގޮތުން ފުރަތަމަ ސީޒަންގައި ގެނަސްދޭނީ 10 އެޕިސޯޑުކަމަށް ބައިސްކޯފުން ބުނެއެވެ. ފުރަތަމަ ސީޒަން ޝޫޓްކޮށްފައިވަނީ މާލޭގައެވެ. ނަމަވެސް ދެވަނަ ސީޒަން، އަތޮޅުތެރޭގައި ޝޫޓްކުރުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ބައިސްކޯފުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!