ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަނީ ޑިއޯލް ކޮވިޑަށް ފައްސިވެއްޖެ

ބޮލީވުޑު ފިލްމީ ސިނާއަތާއި ސިޔާސީ މައިދާނުގައި ހަރަކާތްތެެރިވަމުން އަންނަ  މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ. މިއަދު ހެނދު ސަނީ ޑިއޯލް ކުރި ޓްވީޓެއްގައި އޭނާ ކޮވިޑަށް ފައްސިވިކަން ހާމަކުރަމުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އުމުރުން 64 އަހަރުގެ ސަނީ ޑިއޯލް މިހާރުު ހުރީ އައިސޮލޭޝަންގައެވެ. އިންޑިޔާގެ ސިޔާސީ ޕާޓީ ބީޖޭޕީގެ މެންބަރު ސަނީ ޑިއޯލް ވަނީ އޭނާއާ ކޮންޓެކްޓްވި މީހުން ޓެސްޓްކުރުމަށް ވެސް އެދިފައެވެ.

ކުއްލޫ ޑިސްޓްރިކްޓްގެ ހެލްތު ސެކްރެޓަރީ އަމީތާބް އަވަސްތީ ބުނީ ކުޑަ ދުވަސްކޮޅަކަށް ސަނީ ޑިއޯލް ހުންނާނީ ކުއްލޫގައި ކަމަށެވެ.

ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި އެމީހުންގެ ބަައްޕަ ކުޅުނު “އަޕްނޭ”ގެ ދެވަނަ ބައި ކުޅުމަށް އެ އާއިލާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. “އަޕްނޭ-2″ގައި ޑިއޯލް އާއިލާގެ ތިން ޖެނެރޭޝަން ހަރަކާާތްތެރިވާނެއެވެ. “އަޕްނޭ-2” ރިލީޒްކުރާނީ 2021 ވަނަ އަހަރު ދިވާލީ ފެސްޓިވަލާ ދިމާކޮށެވެ. މި ފިލްމު ޝޫޓްކުރާނީ މުންބާާއީ އާއި ލަންޑަންގައެވެ.

ކަރަން ޑިއޯލް، ބޮބީ ޑިއޯލް، ދަރުމެންދްރާ، ސަނީ ޑިއޯލް “އަޕްނޭ-2” ގައި ހަރަކާޓްތެރިވާނެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top