ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޓޯކް ޝޯ މޮންދު” ދެވަނަ އެޕިސޯޑް ވެސް އެހާމެ ޝަޢުޤުވެރި!

މުޙައްމަދު އާސިފް (މޮންދު)ގެ އަމިއްލަ ސްޓޫޑިއޯގައި ކުރިއަށް ގެންދާ “ޓޯކް ޝޯ މޮންދު”ގެ ދެވަނަ އެޕިސޯޑް މިއަދު ދައްކާފައިވާއިރު، މިއަދުގެ އެޕިސޯޑަކީވެސް ވަރަށް ޝަޢުޤުވެރި ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ޝޯ ފެށިގެން ދިޔައީ 2004 ވަނަ އަހަރު ސުނާމީ ކާރިސާގެ ހިތްދަތި މަންޒަރުތަކާއި އަޑުތައް ދައްކައިދޭ ވީޑިއޯ ކްލިޕަކުންނެވެ. އެއަށްފަހު ޝޯ ފެށިގެން ދިޔައީ އެ ވީޑިއޯއާމެދު މޮންދު ދެއްވި ފުރިހަމަ ތަޢާރަފަކުންނެވެ. އޭގެ ފަހުން މިއަދުގެ ޕްރޮގްރާމުގެ މެހެމާނުންގެ ތަޢާރަފަކަށް ޖެހިލިއެވެ.

މިއަދުގެ ޕްރޮގްރާމުގައި ބައިވެރިކޮށްފައި ވަނީ ރޭޑިއޯ ބްރޯޑްކާސްޓިންގައި އެންމެ ފާހަގަކޮށްލެވޭ މޫނުތަކެކޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ ފަދަ ކުޅަދާނަ ޕްރެޒެންޓަރުން ތަކެކެވެ. އެގޮތުން މުޙައްމަދު ޝާކިރު، މުޙައްމަދު ރަމީޒް، މުޙައްމަދު ޒަހީން އަދި މިޒްނާގެ ކުރު ތަޢާރަފެއް ދިނުމަށްފަހު ރޭޑިއޯ ބްރޯޑްކާސްޓިން މިހާރު ގޮސްފައިވާ ހިސާބާ މެދު ވާހަކަތައް ދެކެވުނެވެ.

ކަޓް ސްވިޗަކުން، ހަތަރު ވަރަކަށް ކެމެރާ ކޮންޓްރޯލު ކުރަމުން މޮންދު މި ޕްރޮގްރާމު ގެނެސްދޭ ގޮތަކީ ހަމަ ގައިމުވެސް ތަޢުރީފު ހައްޤު ކަމެކެވެ.

“ޓޯކް ޝޯ މޮންދު”ގެ ދެވަނަ ޝޯ ވެސް ބަލައިލުމުން މެނުވީ ހަމަ ގައިމުވެސް މި ޝޯގެ ރާހަތެއް ނުކުރާނެއެވެ. މިއަދުގެ ޝޯގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ މީގެ 16 ވަރަކަށް އަހަރުކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިރާއްޖޭގެ އަޑުން ކުރި މަސައްކަތްތަކުގައި މިއަދުގެ މެހެމާނުން ކުރި ބުރަ މަސައްކަތްތަކުގެ ވާހަކަތަކަށެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Soru5 އަހަރު ކުރިން

Aduga ti tibi meehunakee ehves fenvare neth baeh ti meehunakee Aduge Antana taka Araa meehuna dhoru hulhuvantibi baeh .Adhi thauleem fenvare neth baeh tee ..

Home
Menu
Search
Back to top