ދީނީ ސުވާލެއް އޮތީތަ؟
ޚިޠާބް
އިއްބެ އާއި ރިޕްސް ބުނީ މުނިއަވަސްއަކީ ޒުވާން ނޫސްވެރިންނަށް ފުރުޞަތުދިނުމުގައި ނަމޫނާއެއް ކަަމަށް!

މުނިއަވަސްގެ ދެވަނަ އަހަރީ ދުވަހަށް އަލިވިލުމުގެ ކުރިން، މުނިއަވަސް އާމެދު މި އޮންލައިންގައި ކުރިން މަސައްކަތް ކޮށްފައިވާ ބައެއް ނޫސްވެރިން އަދި ލިޔުންތެރިންގެ ބަސް ހޯދައިލީމެވެ. އެގޮތުން މުނިއަވަސްގައި އަހަރެއް ހައި ދުވަހު ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްފައިވާ އިބްރާހީމް ޚަލީލް (އިއްބެ) އާއި މުޙައްމަދު ރިފާޒް (ރިޕްސް) ބުނީ މުނިއަވަސް އަކީ ޒުވާން ނޫސްވެރިންނާއި ޒުވާން ލިޔުންތެރީންނަށް ފުރުޞަތު ދިނުމުގައި ނަމޫނާ އޮންލައިން އެއް ކަމަށެވެ.

އިބްރާހީމް ޚަލީލް (އިއްބެ)

މުނިއަވަސްގައި އަހަރެއްހައި ދުވަހު މަސައްކަތްކުރުމަށްފަހު މިހާރު އިއްބެ މަސައްކަތް ކުރަނީ ‘ތިލަދުން އޮންލައިން’ގަ އެވެ. ދެ އަހަރު ދުވަހު ހިލޭސާބަހަށް އިއްބެ މަސައްކަތްކުރީ މުނިއަވަސް އަކީ އަމިއްލަ އޮންލައިން އެއް ކަމަށް ދެކިގެން، މުނިއަވަސް ކުރިއެރުވުމަށެވެ. އިއްބެ ލިޔަން ފެށީ އިޖްތިމާޢީ އަދި ދީނީ ލިޔުންތައް ލިޔާ ލިޔުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޚަބަރު ލިޔަން ދަސްކޮށް، އެކި ދާއިރާތަކުގެ ޚަބަރުވެސް ލިޔަން ފެށިއެވެ.

މުނިއަވަސް އަށް 153 ލިޔުން އިއްބެ ލިޔެދީފައި ވެއެވެ. މީގެ އިތުރުން މުނިއަވަސް އިން ބޭއްވި އޮންލައިން ޤުރުއާން މުބާރާތުގެ ކަންކަމުގައިވެސް އިއްބެ ވަރަށް ބޮޑަށް ހަރަކާތްތެރިވިއެވެ. އިއްބެގެ ހުރިހައި ލިޔުންތައް މި ލިންކުން ކިޔައިލެވޭނެއެވެ.

މުނިއަވަސް އާމެދު އިއްބެ ބުނީ ކީކޭތޯ މި ވީޑިއޯ އިން ބަލައިލަމާ ހިނގާށެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/934055167123470″ poster=”http://www.muniavas.com/wp-content/uploads/2019/08/Ibrahim-Khaleel.jpg”]

މުޙައްމަދު ރިފާޒް (ރިޕްސް)

މުޙައްމަދު ރިފާޒް (ރިޕްސް) އަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ނޫސްވެރިއެކެވެ. މިވަގުތު ރިޕްސް މަސައްކަތްކުރަނީ ‘ސަންގު މީޑިއާ’ގެ ނޫސްވެރިއެއްގެ ގޮތުގައެވެ.

ދެ އަހަރު ދުވަހު ހިލޭސާބަހަށް ރިޕްސް ވެސް މަސައްކަތްކުރީ މުނިއަވަސް އަކީ އަމިއްލަ އޮންލައިން އެއް ކަމަށް ދެކިގެން، މުނިއަވަސް ކުރިއެރުވުމަށެވެ.

މުނިއަވަސްގައި ރިޕްސް ނުލިޔާ ދާއިރާއެއް މަދެވެ. އެގޮތުން 208 އާޓިކަލް އަހަރެއްހައި ދުވަސް ތެރޭގައި ހިލޭސާބަހަށް ލިޔެދީފައި ވެއެވެ. މީގެ އިތުރުން މުނިއަވަސް އިން ބައިވެރިވި ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި މުނިއަވަސް ތަމްޞީލުކޮށްދީފައި ވެއެވެ. ރިޕްސް އަކީ ޒުވާން، ޒަމާނީ ޚިޔާލުގެ ލިޔުންތެރިއެއް އަދި ނޫސްވެރިއެއް ކަމުން، މުނިއަވަސް އިން ކުރިން ކޮށްފައި ނުވާފަދަ ތަފާތު ކަންކަން ތަޢާރަފުކޮށްދިނެވެ. އެގޮތުން ވީޑިއޯ ރިޕޯޓް ގެނެސްދިނުމާއި މިދިޔަ އަހަރުގެ ފިޠުރު ޢީދަށް ޚާއްޞަކޮށްގެން ޢީދަށް ޚާއްޞަ ވީޑިއޯ ޕްރޮގްރާމެއް ތައްޔާރުކުރުމުގައި އިސްވެ ހަރަކާތްތެރިވެ، ޕްރޮގްރާމު ހޯސްޓްވެސް ކުރިއެވެ. މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ގެނެސްދިނުމަށް މުނިއަވަސްގެ ކުރީގެ ޑެޕިއުޓީ އެޑިޓަރު ޢަލީ ނިހާސް، އަދި މިހާރުވެސް ޑެޕިއުޓީ އެޑިޓަރ ސަޒްރާ ނަޞީރު އަދި ނޫސްވެރިޔާ މުޚްތާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައެވެ.

މުނިއަވަސް އިން ވަކިވުމަށްފަހުވެސް، މުނިއަވަސް އަށް ލިޔުންތެރިން ހޯދައިދިނުމުގައި ރިޕްސް މަސައްކަތްކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ރިޕްސްގެ ހުރިހައި ލިޔުންތައް މި ލިންކުން ކިޔައިލެވޭނެއެވެ.

މުނިއަވަސް އާމެދު ރިޕްސް ބުނީ ކީކޭތޯ މި ވީޑިއޯ އިން ބަލައިލަމާ ހިނގާށެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/486105522358271″ poster=”http://www.muniavas.com/wp-content/uploads/2019/11/78068866_804630110007115_4353629673020719104_n.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top