އިންޑިޔާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ އަށް މިއަދު މެންދުރު ފަހު އަންހެން ދަރިފުޅެއް ލިބިއްޖެއެވެ. އަނުޝްކާ ވިހެއީ މުމްބާއީގައި ހުންނަ ބްރީޗް ކޭންޑީ ހޮސްޕިޓަލުގަ އެވެ.
އައިޕީއެލް 2020ގެ މެޗްތަކުގައި އެކުވެރި އަރަބި އިމާރާތުގައި އުޅުމަށްފަހު ކޯލީ ޕެޓާނިޓީ ލީވް ނެގީ އޮސްޓްރޭލިއާ އާއެކު ކުޅުނު ޓެސްޓް ކްރިކެޓް މެޗަށް ފަހުގައެވެ.
11 ޑިސެމްބަރު 2017ގައި ކައިވެނިކުރުމަށްފަހު އަނުޝްކާ ބަލިވެއިންކަން ހާމަކުރީ މިދިޔަ އަހަރު އޯގަސްޓް މަހުގައެވެ.
— Virat Kohli (@imVkohli) January 11, 2021
އަނުޝްކާ ވިހޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރަމުން ވިރާޓް ބުނީ މިއަދު މެންދުރު އަނުޝްކާ ވިހައިފި ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅުކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު
