’ޑިމްބާ މިއުޒިކް’ގެ ވަރަށް ހިތްގައިމު ލަވައެއް ކަމަށްވާ “ހަނދުވަރުގަސްދޮށުގަ” ބައިސްފުން ރިލީޒްކޮށްފިއެވެ. މި ލަވަ މިހާރު ބައިސްކޯފު އެޕް މެދުވެރިކޮށް އަޑުއަހައިލެވޭނެއެވެ.
“ހަނދުވަރުގަސްދޮށުގަ” ލަވައަކީ ޑިމްބާ މިއުޒިކް އަދި ތޯލިބުގެ ހުނަރުވެރިކަން އިވިގެންދާ ވަރަށް ހިތްފަސޭހަ ދިވެހި ރާގެއްގެ ލަވައެކެވެ.
ދިވެހިވަންތަ ލަވަތަކެއް ގެނެސްދެމުން އަންނަ ’ޑިމްބާ މިއުޒިކް’ އިން އެންމެ ފަހުން ތައްޔާރުކުރި “އުނބު” އަލްބަމް ބައިސްކޯފުން ނެރުނީ މީގެ ދެ މަސްކުރިންނެވެ. އެ އަލްބަމްގައި ވެސް ރީތި ރާގުތަކެއްގެ ރީތި ލަވަތަކެއް ހިމެނެއެވެ.
“އުނބު” އަލްބަމްގައި ހިތްގައިމު 07 ދިވެހި ލަވައިގެ އިތުރުން، ދިވެހިންގެ އަމިއްލަވަންތަ އިނގިރޭސި ލަވައަކާއެކު ޖުމްލަ 08 ލަވަ މި ހިމެނެއެވެ.
”އުނބު“ އަލްބަމްގެ ލަވަތައް ކިޔާފައިވަނީ މުއާދް، ޒާރާ، ހަައިޝަމް، ރިޒޫ، އަޒޫބެ، އާޝާ، ޔައީޝް އާއި ނިބް އެވެ.
Stream @dinbamusic ‘s latest release ‘Handhuvarugasdhoshuga’ft Tholib, only on #Baiskoafu pic.twitter.com/h7KWCJ6kA9
— Baiskoafu (@baiskoafu) January 11, 2021
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!