ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަބްސީގެ “ބިތުފަންގި” ރިލީޒްކޮށްފި

ރާއްޖޭގެ ލިޖެންޑްރީ ލަވަކިޔުންތެރިޔާ ޢަބްދުއްރަޝީދު ޢަލީ (އަބްސީ)ގެ ހިތްގައިމު އަޑުން ކިޔާފައިވާ ‘ބިތުފަންގި’ ލަވަފޮށީގައި މިދިޔަ ޖޫން މަހު 28 ވަނަ ދުވަހު ރިލީޒްކޮށްފިއެވެ. 1990ގެ އަހަރުތަކުގައި އެންމެ ގަދައަށް ވިދައިލި އަބްސީގެ ‘ބިތުފަންގި’ މިއީ ޒަމާނީ ދިވެހިވަންތަ ސްޓައިލްގެ ހިތްގައިމު ލަވައެކެވެ.

އެންމެ ފުރަތަމަ ދިވެހި ފިލްމު “ދެރިޔާ” އަށް އަލަށް ދިވެހި ލައެއް ކިޔައި ރެކޯޑްކުރި އަބްސީގެ ‘ބިތުފަންގި’އާ ބެހޭގޮތުން ބުނީ މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން އޭނާގެ ބޭންޑް ‘އައުޓް އޮފް ޑޯރސް މޯލްޑިވްސް’ގެ މެންބަރުންނާއި ގުޅިގެން އުފެއްދި ލަވައެއް ކަމަށެވެ. އެހާ ދުވަސްކޮށްފައި މި ލަވަައިގެ ސްޓޫޑިއޯ ރެކޯޑިންއެއް ހެދުމަކީ ލިބުނު އުފަލެއް ކަމަށްވެސް އަބްސީ ފާހަގަކުރެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/lavakiyaa.abcy/videos/110335937864957″ poster=”http://www.muniavas.com/wp-content/uploads/2021/07/Abcy.jpg”]
https://on.lavafoshi.mv/songs/8872

‘ބިތުފަންގި’ ލަވައިގެ މަސައްކަތްތައް ކޮށްފައިވާ އާޓިސްޓުންނަށް ބަލައިލާއިރު މިއުޒިކް ޕްރޮޑިއުސަރަކީ ޙުސައިން ތަޢުފީޤް އެވެ. މިކްސިން އަދި މާސްޓަރިން ހެދީވެސް ހުސައިން ތަޢުފީޤް އެވެ.

ލަވަ ކިޔުމުގެ އިތުރުން މި ލަވައިގެ ހިތްގައިމު ރާގު ހަދާފައިވަނީވެސް އަބްސީ އެވެ. ޅެން ހެއްދެވީ ދިވެހިބަހުގެ އުސްތާޒް، ޢަބްދުﷲ ޞާދިޤް (ސޯދުބެ) އެވެ.

ރިދަމް ގިޓަރ ކުޅުނީ އުމަރު ނިއާޒީ (އުމަރުބެ) އެވެ. ލީޑް ގިޓަރ ކުޅުނީ މުއްތަސިމް ޢަބްދުލް މުހުސިން (މުތޭ) އެވެ. ބޭސް ގިޓަރ ކުޅުނީ ޢަރަފާތު (އައްޑޯ) އެވެ.

ލަވައިން ހިތްގައިމު ބޮޑުބެރު ބީޓްތަކެއް އިވިގެންދާއިރު، ބޮޑުބެރު ޖަހާފައިވަނީ ޙުސައިން އާތިފް (އާތީ) އާއި ޢަބްދުއްރަޝީދު ޢަލީ (އަބްސީ) އެވެ. ޖޭމު ދޮންކަމަނަގެ ލަވަތަކުން އިވިގެންދާ ހިތްގައިމު ނަގޯޔާ ހާޕް (ކޮއްޓާފޮށި) ކުޅުނީ ޙުސައިން ތަޢުފީޤް އަދި އުމަރު ނިއާޒީ (އުމަރުބެ) އެވެ.

އައްބާސް މުޙައްމަދު ޕްރޮޑިއުސްކުރި ‘ބިތުފަންގި’ގެ ކޯރަސް އިން ޢަބްދުﷲ ފަރުހާން (ފައްފާން)، މީރާ މުޙައްމަދު މާޖިދު އަދި އުމަރު ނިއާޒީގެ އަޑު އިވިގެންދެއެވެ.

ޢަބްދުއްރަޝީދު ޢަލީ (އަބްސީ) އެންމެ ފުރަތަމަ ރެކޯޑްކުރި ދިވެހި ލަވައަކީ ފިލްމު “ދެރިޔާ”ގެ ‘އާދޭ، އާދޭ މިއަދު ދާން’ މި ހިތްގައިމު ލަވައެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/eternalpicturesmv/videos/1122317144470259″ poster=”http://www.muniavas.com/wp-content/uploads/2021/07/Abcy.jpg”]

އަބްސީގެ ދިވެހި ލަވަތަކުން އެންމެ ވިދައިލި އެއް ލަވަަ ‘އޭޒަމަނާ’ އަކީ ފަހުގެ ޖީލުތަކުގެ ކުދިންނަށް އަބްސީގެ ހުނަރުވެރިކަން ފެނިގެންދިޔަ ލަވައެއްކަން ފާހަގަކޮށްލެވެއެވެ. މި ލަވަ މިހާރު ‘ސްޕޮޓިފައި’ އިން ވެސް އަޑުއަހައިލެވޭނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top