2001 ވަނަ އަހަރު ސަނީ ޑެއޯލް ލީޑް ރޯލު ކުޅުނު ”ގަދަރް: އޭކް ޕްރޭމް ކާތާ“ ގެ ސީކުއެލް ހަދަން އުޅޭ ވާހަކަ ދެކެވޭތާ ދެ އަހަރެއްހާ ދުވަސް ފަހުން އެކަން ކަށަވަރުކޮށްދީ މޯޝަން ޕޯސްޓަރު ދައްކާލައިފިއެވެ.
އިންޑިއާގެ ފިރިހެނަކާއި ޕާކިސްތާނު އަންހެނެއްގެ ލޯބީގެ އަސަރުގަދަ ވާހަކައެއް ކިޔައިދިން ”ގަދަރް“ ގެ ސީކުއެލްގައިވެސް މައިގަނޑު ރޯލުތައް ކުޅޭނީ ކުރީގެ ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު ސަނީ ޑެއޯލްއާއި އަމީޝާ ޕަޓޭލްއާއި އެމީހުންގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކަރްޝް ޝަރްމާއެވެ. މިހާރު އުތުކަރްޝް ބޮޑުވެފައިވާތީ ”ގަދަރް 2“ ގެ ވާހަކަ އޭނާއަށް ވަރަށް ބޮޑަށް ބިނާކޮށްފައި އޮންނާނެކަމަށްވެއެވެ.

ވަރަށް އަވަހަށް ޝޫޓިންގ ފަށަން ހަމަޖެހިފައިވާ ”ގަދަރް 2“ ވެސް ޑައިރެކްޓްކުރާނީ ކުރީގެ ފިލްމުވެސް ޑައިރެކްޓްކުރި އަނިލް ޝަރްމާއެވެ. ”ގަދަރް 2“ ރިލީޒްކުރާނެ ވަކި ތާރީޚެއް އިޢުލާނު ނުކުރި ނަމަވެސް އަންނަ އަހަރު ގެނެސްދޭކަން ހާމަކުރިއިރު 2007 ވަނަ އަހަރު ސަނީއާއި އޭނާގެ ބައްޕަ ދަރްމެންދުރަ އާއި ކޮއްކޮ ބޮބީ ޑެއޯލްއާއެކު އަނިލް ގެނެސްދިން ”އަޕްނޭ“ ގެ ސީކުއެލްވެސް އޮތީ އިޢުލާނު ކޮށްފައެވެ. ”އަޕްނޭ“ ގެ އާ ފިލްމުގައި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑެއޯލްވެސް ހަރަކާތްތެރިވާނެއެވެ.
އަނިލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އޭނާގެ ދަރިފުޅު އުތުކަރްޝް ޝަރްމާ ލީޑް އެކްޓަރެއްގެ ގޮތުގައި ތަޢާރަފުކުރި 2018 ގެ ”ޖީނިއަސް“ އެވެ.
”ގަދަރް 2“ ގެ އިތުރުން ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާ މިހާރު ކުޅެމުން އަންނަ އާރް ބާލްކީގެ ތުރިލާ ”ޗުޕް“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




