ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި

ލިވަޕޫލްގައި ކޮވިޑް ކޭސްތައް ގިނަވެ، އެ ޓީމުގެ ޓްރޭނިން ސެންޓަރު ބަންދުކުރަން ޖެހުމުގެ ސަބަބުން، މާދަމާ ރޭ އެ ޓީމު ކުޅެން އޮތް އިނގެރޭސި ލީގު ކަޕުގެ ސެމީ ފައިނަލް މެޗު ފަސްކޮށްފިއެވެ.

މާދަމާ ރޭ ލިވަޕޫލުން އާސެނަލްއާ ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެން އޮތް ސެމީ ފައިނަލްގެ ފުރަތަމަ ލެގު މެޗު ފަސްކުރަން ލިވަޕޫލުން ވަނީ އިއްޔެ އިންގްލިޝް ފުޓްބޯލް ލީގް (އީއެފްއެލް) އާ މަޝްވަރާ ކޮށްފައެވެ. އަދި އެޓީމުން ލީގުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮވިޑް ކޭސްތަކެއް އުޅޭ ކަން އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ހާމަކޮށްފައި ވީ ނަމަވެސް، ޕޮސިޓިވް ވެފައިވާ ކުޅުންތެރިންގެ ނަންތަކެއް ހާމަކޮށްފައިނުވެއެވެ.

ލިވަޕޫލްގެ ފަރިތަކުރުންތައް 48 ގަޑިއިރަށް މެދުކަނޑާލައިފައިވާއިރު ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ދެން ކުޅެން ހަމަޖެހިފައި ވަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ. އާސެނަލްގެ ދަނޑުގައި ދެވަނަ ލެގު ކުޅޭނީ ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top