ޕާކިސްތާނު ޑްރާމާ ސިލްސިލާ ”އޭކް ސިތަމް އޯރް“ ދައްކަން ފަށައިފިއެވެ.
މިރޭ އޭއާރްވައި ޑިޖިޓަލް އިން ދައްކަން ފެށި ”އޭކް ސިތަމް އޯރް“ ގައި ކިޔައިދެނީ އުޝްނާ ކިޔާ އަންހެންކުއްޖެއްގެ ވާހަކައެވެ. ލޯތްބާއި ނަފުރަތު އެކުލެވޭ ގުޅުމެއްގައި ހިނގާ ކަންތައްތަކެއް ކިޔައިދޭ މި ޑްރާމާގައި ޝައުޤުވެރި އެތައް ޓުވިސްޓްތަކެއް ހިމެނޭނެކަމަށްވެއެވެ.
އުސާމާ ޚާން، އަންމޯލް ބަލޮޗް އަދި ސަލްމާން ސަޢީދު ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާގައި މުހިންމު ރޯލުތައް ކުޅޭ އެހެން ތަރިންގެ ތެރޭގައި މާރިއާ ވާސްތީ، ރުބީނާ އަޝްރަފް، ސާޖިދު ޙަސަން، ފަހަދު ޚާން އަދި އަދުނާން ޖީލާނީ ފަދަ ތަރިން ހިމެނެއެވެ.
ރިހާނާ އަފްތާބް ލިޔެ، އިލްޔާސް ކަޝްމީރީ ޑައިރެކްޓްކޮށްފައިވާ ”އޭކް ސިތަމް އޯރް“ ދައްކަން ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ހޯމައިން ބުރާސްފައްޗަށް ރާއްޖެ ގަޑިން 21:00 ގައެވެ. އަދި އޭއާރްވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލްއިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




