ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޮފީސް ލޯބި”- ތެރަސްކަން ގަދަ މަޖާ ސީރީޒްގެ ސީޒަން 01 ނިމުމަކަށް!

އަމިއްލައަށް މަޖާނުވެ، ބެލުންތެރިން ހެއްވައިލާ ޒާތުގެ މޮޅު ކޮމެޑީ ފިލްމާއި ސީރީޒް އުފެއްދުމަކީ ހަމަ ގައިމުވެސް ހުނަރުވެރި ޓީމަކަށް މެނުވީ ނުކުރެވޭނެ ކަމެކެވެ. ރާއްޖޭގައި އެއްމެ ފުރަތަމަ ފަހަރަށް ނެރުނު ސިޓްކޮމް “ކަރުހަކުރު”ގެ މޮޅު ވާހަކަ ދެކެވެނީ އެހެންވެގެންނެވެ. ބައިސްކޯފު މެދުވެރިކޮށް ގެނެސްދިން ކާމިޔާބު އެ ސީރީޒަށްފަހު، “ކަރުހަކުރު”ގައި ހުރިފަދަ ރަހަތަކެއް، ނަމަވެސް ތަފާތު ސްޓައިލެއްގައި ގެނެސްދެމުން އަންނަ “އޮފީސް ލޯބި” އަކީ މިވަގުތު ބައިސްކޯފުން ބަލައިލެވެން އޮތް އެއްމެ މަޖާ އެއް ސީރީޒެވެ. މި ހިތްގައިމު ސީރީޒްގެ ފުރަތަ ސީޒަންގެ ފިނާލޭ އާ ހަމައަށް އާދެވުނު އިރު ހަމަ ގައިމުވެސް މި ސީރީޒްގެ ގަދަ ތެރަހުގައި ޖެހިފައި ތިބި ބެލުންތެރިން ތިބޭނީ ދެވަނަ ސީޒަނެއްގެ ވެސް އިންތިޒާރުގަ އެވެ.

އެކްޓިންއަށް އައު ޓީމަކާއެކު އުފައްދައި ގެނެސްދެމުން އަންނަ “އޮފީސް ލޯބި” މިއީ ތެރަސްކަން ގަދަ، މަޖާ ސީރީޒެއްކަމަށް މި ސީރީޒް ބަލަމުން އަންނަ ހުރިހައި އެއްމެންވެސް އިއްތިފާޤުވާނެ އެވެ.

“އޮފީސް ލޯބި”ގައި ދައްކައިދެނީ އޮފީހެއްގެ ތެރޭގައި މަސައްކަތްކުރަމުން އަންނަ ޒުވާނުންތަކަކަށް ކުރިމަތިވާ މަޖާ ކަންތައްގަނޑެކެވެ. ކޮންމެ އެޕިސޯޑެއް ބަލާފައި ހެވޭނެ ކަމުގެ ގެރެންޓީ، މި ސީރީޒް ބަލަމުން އަންނަ މީހެއްގެ ހައިސިއްޔަތުން ވަރަށް ކެރިގެން ބުނަން ކެރެއެވެ.

‘އޮފީސް ލޯބި” ސީރީޒަށް ލޯބި ޖެހިފައިވާ މީހުންގެ ތެރޭގައި ރާއްޖޭގެ ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ހުނަރުވެރި ފަންނާނުންވެސް ހިމެނެ އެވެ. މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އަކީވެސް މި ލިސްޓްގައި ހިމެނޭ ފަރާތެކެވެ.

“އޮފީސް ލޯބި، ފުރަތަމަ އެޕިސޯޑް އިއްލެއަށް ފެނުނީ ބައިސްކޯފުގެ ޓީވީ އެޕް ލޯންޗްކުރަންވެގެން މިތާނގަ (ބައިސްކޯފު ސްޓޫޑިއޯގަ) ދެއްކި އިރުގަ އެ އެޕިސޯޑް ދައްކައިލީމަ ދެން ހަމަ ވަރަށް ކިއުރިއަސްވި ދެން ހުރި އެޕިސޯޑްތައް ބަލަން. ދެން އިއްލެއަށް ވަގުތުވެގެން ޓީވީ އެޕް ޑައުންލޯޑްކޮށްލައިގެން ބަލައިލަންވެގެން އިށީންނި އިރުގަ ހަ އެޕިސޯޑް އިނީ ނުކުމެފަ. ދެން ހަ އެޕިސޯޑް ހަމަ އެއް ރޭ މަތިން އެއްކޮށް ބަލާފަ އެރޭ ނިދީ. ދެން ހަމަ ވަރަށް ވަރަށް ކަމުދާ ކޮމެޑީ ސީރީޒެއް މީ.” އިއްލެ މި ސީރީޒްގެ ތެރަސްކަންގަދަ ލޯބީގައި ޖެހުނު ގޮތް ކިޔައިދެމުން ބުނެފައިވެ އެވެ. އިއްލެގެ އިތުރު ވާހަކަތައް ތިރީގައިވާ ވީޑިއޯއިން އަަޑުއަހައިލާށެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/baiskoafu/videos/435352394728322″ poster=”http://www.muniavas.com/wp-content/uploads/2022/03/OL.jpg”]

މި ސީރީޒް ކަމުދިޔައީ ހަމައެކަނި އިއްލެ އަށް އެކަންޏެއް ނޫނެވެ. ފިލްމީ ދާއިރާގެ ކްއީން ނިއުމާއަށް ވެސް ވަރަށް ކަމުދެ އެވެ. ނިއުމާވެސް މިވަނީ މި ސީރީޒާމެދު އޭނާގެ ވިސްނުން ހިއްސާކޮށްފަ އެވެ. މިއީ ނިޢުމާ ބުނާގޮތުން އޭނާ މަސައްކަތްކޮށްލަން ބޭނުންވެފަ ހުރި ކޮންސެޕްޓަކަށް އުފައްދާފައިވާ ސީރީޒެކެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/baiskoafu/videos/974172969945965″ poster=”http://www.muniavas.com/wp-content/uploads/2022/03/OL.jpg”]

އަމީނާ މުޙައްމަދު (އަމީ) ލިޔެ ޑައިރެކްޓްކޮށްފައިވާ ”އޮފީސް ލޯބި“ން އޮފީހެއްގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެކެވެ.

ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ވެސް ތަޢާރަފުކޮށްފައިވާ މި ސިރީޒްގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރޭގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ަަައަތޮޅޭ4 އަހަރު ކުރިން

އިތުރު ސީޒަނެއް ހަދާބާ.. ވަރަށް ކަމުދާތީ އަހާލީ.. އެކަމަކު ބައެއް ތަރިން އިތުރު ސީޒަނަކަށް ދާން ބޭނުން ނޫން ކަމަށް ބުނާތީ ވެސް ޔޯލަވޭ.. އަޅެ މުނިއަވަސް އިން ބަލައިލަދީބަލަ

Home
Menu
Search
Back to top