ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިއީ ވަރަށް ތަފާތު “ބޭވަފާ” އެއް

ރެޕް ސްޓައިލްގެ ލަވަތައް ނެރުމަށް ޔުނިކޯ ބީޓްސް އަކީ އަބަދުވެސް ތަފާތު ބީޓެއް ގެންގުޅެމުން އަންނަ ސްޓޫޑިއޯއެކެވެ. މިފަހަރު ޔުނިކޯ ބީޓްސް ސްޓޫޑިއޯއިން އެހުންތެރިންނަށް ދޫކޮށްލާފައިވަނީ “ބޭވަފާ” އެވެ. ޖީނީ އަދި ލަހޫގެ ބޭވަފާ ވަރަށްވެސް ތަފާތުވެފައި އަޑުއަހައިލަން ނިކަން ހިތްގައިމެވެ.

ސައުންޑްކްލައުޑް މެދުވެރިކޮށް މިމަހު 10 ވަނަ ދުވަހު އާއްމުކޮށްފައިވާ “ބޭވަފާ”ގެ ޅެންވެރިކަން ހިތްގައިމެވެ. މިއުޒިކް ބީޓް ވެސް ހަމަ އެހާމެ ހިތްގައިމެވެ. ލަހޫގެ ހިތްގައިމު ލަވަކިޔުމުގެ ތެރެއިން ޖިނާން ޝަރީފް (ޖީނީ)ގެ ރެޕްވެސް ސަޅިއެވެ.

“ބޭވަފާ” އަކީ ‘ކުލަ ފިހި’އަލްބަމްގެ ލަވައެކެވެ. މާޓްގެ ހިތްގައިމު ގިޓާގެ ބީޓްސްތައް އިވިގެންދާ މި ލަވައިގެ ރެކޯޑިން، މިކްސިން އަދި މާސްޓަރިން ހެދީ ‘އަފަގެ ޕްރޯ’އެވެ.

ހިޕް ހޮޕް ލަވަ ކިޔުމަށް ފޯރި ހުންނަ ޒުވާން ގްރޫޕްގެ އަމާޒަކީ ހިޕް ހޮޕްގައި ލީޑްކުރާ ބަޔަކަށް ވުމެވެ. ’ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ ގެ އޮފިޝަލް ނިއުސް ފްލޭޝް ޕާޓްނާއަކީ މުނިއަވަސް އެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top