ރާއްޖޭގެ އެންމެ މަޝްހޫރު އަދި ހުނަރުވެރި އެކްޓަރު، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޔޫސުފް ޝަފީޢު (ޔޫއްޕެ) ވެސް ޓިކްޓޮކްގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ‘ޔޫއްޕެއޮންލައިން’ ނަމުގައި ކުރިއަށްގެންދާ ޓިކްޓޮކް އެކައުންޓަކީ ޔޫއްޕެގެ ރަސްމީ އަމިއްލަ އެކައުންޓެއްކަން މުނިއަވަސްއަށް އެނގިފައިވެއެވެ.
ޔޫއްޕެ ޓިކްޓޮކްގައި ހަރަކާތްތެރިވާން ފަށާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާގެ އެކައުންޓް މެދުވެރިކޮށް މިއަދާ ހަމައަށް އައިއިރު ހިއްސާކޮށްފައިވަނީ ހަތް ވީޑިއޯއެވެ. އެއީ މީގެ ކުރިން އޭނާ އެކްޓްކޮށްފައިވާ ބައެއް ލަވަތަކާއި އިޝްތިހާރުތަކުގެ އިތުރުން އެންމެ ފަހުން އޭނާ ޑައިރެކްޓްކޮށް މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ވަރުގަދަ ކޮމެޑީ ފިލްމު “ޖޯކަރުު”ގެ ޕްރޮމޯޝަނަލް ލަވަ ‘ވަގުންގެ ޖަގަޑާ’ ހިއްސާކޮށްފައިވެއެވެ.
@eupeonline0♬ original sound – EupeOnline
ކިޔުންތެރިންގެ ޚިޔާލު
