އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ އަސަރުގަދަ ލޯބީގެ ފިލްމު ”މީ އިޝްޤް”ގެ ޓީޒާއެއް ދައްކާލައިފި އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”މީ އިޝްޤް“ ރިލީޒްކުރާނެ ސީދާ ތާރީޚެއް އާއްމުކޮށްފައި ނުވިޔަސް މި ފިލްމު ވަރަށް އަވަހަށް އޮލިމްޕަހުގެ ސްކްރީނަށް ގެންނަން ނިންމާފައިވެއެވެ.
ފިލްމު ”މީ އިޝްޤް”ގެ ލީޑް ކުޅެފައިވަނީ މިހާރު ފިލްމީ ދާއިރާގައި ވިދަމުން އަންނަ ދެތަރިން ކަމަށްވާ ޝަރަފް އަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ. މި ދެތަރިންގެ އިތުރުންވެސް އިތުރު ފަންނާނުން މި ފިލްމުން ފެނިގެން ދާނެއެވެ. ޝަރަފްގެ ހުނަރުވެރި އެކްޓިންއެއް ދާދި ފަހުން ރިލީޒްކުރި ފިލްމު ”ނީނާ“އިން ފެނިފައިވެއެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑާކް ރެއިންގެ ވަރުގަދަ ކްރައިމް ތުރިލާ ”ފުރޭތަ“ އާއި ބިރުވެރި ފިލްމު ”ބަޅިނދު“ ހިމެނެ އެވެ.
އަޒްހާންގެ ކޮލިޓީ އުފެއްދުންތަކެއް މިހައިތަނަށް ރިލީޒްކޮށްފައިވާއިރު މި ފިލްމަކީ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ. ނަމަވެސް މިދިޔަ އަހަރު އޯޓީޓީ ޕްލެޓްފޯމެއްގައި ގެނެސްދިން ޕޮލިޓިކަލް ކްރައިމް ސީރީޒް ”ދަރަކަ“ގެ އިތުރުން ”މިރާއީ“ އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެން ދިޔަ ދެ ސީރީޒް ކަން ފާހަގަކޮށްލެވެއެވެ.
ފިލްމު ”މީ އިޝްޤް”ގެ މިޔުޒިކް ހަދާނީ ޝަހީދު ލިގެސީއެވެ. ފިލްމު ޝޫޓްކޮށްފައިވަނީ ކ. މާފުށީގެ އިތުރުން މާލޭގައެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި





އެއްވެސް އިޝްގީއެއް ނޫން