ދިވެހި ފިލްމު އޯޑިއަންސުން މިވަގުތު އެ ފިލްމަކަށް އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ފިލްމަކީ ކޮބައިހޭ އައިފިނަމަ އެއްވެސް ލަހެއް ނެތި ބުނާނީ އެއީ “ލަސްވިޔަސް” ކަމަށެވެ. މުޙައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފިލްމު “ލަސްވިޔަސް”ގެ އައު ބައެއް މަންޒަރުތައް އިންޓަނޭޝަނަލް މޫވީ ޑޭޓާ ބޭސްގައި ވަނީ އާއްމުކޮށްފައެވެ.
އިންޓަނޭޝަނަލް މޫވީ ޑޭޓާ ބޭސްގައި އާއްމުކޮށްފައިވާ އިތުރު މަންޒަރުތަކުގެ ތެރޭގައި މަރްހޫމް ފައުޒިއްޔާގެ އިތުރުން ދެހާހުގެ އަހަރުތައް ފެށުނު ހިސާބުގައި މުޙައްމަދު ނިޔާޒް (ޓެޑްރީ) ނެރުނު މަޝްހޫރު ލަވަ “ޖާދޫގައި ޖެހެނޭ ފެނިފާ ތިބާ” ލަވައިން ނޫރާ އާއި އެކުގައި ފެނިގެންދާ އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) ވެސް ފެނިގެންދެއެވެ. މިހާރު އުމުރުން 54 އަހަރުވެފައިވާ އައްލޯ ފެނިގެންދަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށްކަން ފާހަގަކޮށްލެވެއެވެ.
މި ލިންކުން އައިއެމްޑީބީގައި ހިމަނާފައިވާ އިތުރު ފޮޓޯތައް ބަލައިލެވޭނެ އެވެ.
މަޝްހޫރު ޑައިރެކްޓަރ މުހައްމަދު ނިޔާޒު ޓެޑްރީ ޑައިރެކްޓްކޮށްފައިވާ ފިލްމު “ލަސްވިޔަސް” ދައްކަން ފަށާނީ 12 އޭޕްރީލް 2024 ވަނަ ދުވަހުގެ ރޭގަ އެވެ.
ކުރީގެ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމްގެ އިތުރުން “ލަސްވިޔަސް”ގައި އަހްމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދު ލީޑް ރޯލުތަކުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ފައުޒިއްޔާ ހަސަން އާއި ރީކޯ މޫސާ މަނިކު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޓެޑްރީގެ އިތުރުން މައްލާ އަޙްމަދު ނާސިރު އަދި އިބްރާހީމް ރަޝީދު (މަހުރަބް އިއްބެ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޮކްޓޯބަރ 2024ޚަބަރުކޮކޯ ހަސަންގެ “ގެއްލުނު ރޭ” ރިލީޒްކޮށްފި
- 27 އޮކްޓޯބަރ 2024ޚަބަރުފިލްމު “ސޮރީ” ގެ ތީމް ލަވަ ކިޔުއްވަން އަސަރުގަދަ ވަރުގަދަ އަޑެއް ނަހޫ ހޯދަނީ
- 25 އޮކްޓޯބަރ 2024ޚަބަރުފަންސާސްހާސް ރުފިޔާގެ އިނާމަކާއެކު ކުރު ފިލްމު މުބާރާތެއް!
- 10 އޮކްޓޯބަރ 2024ޚަބަރު“އުދަބާނި” ފިލްމުގެ އުދަބާނިތައް އަތޮޅުތެރޭ ރަށްރަށުގައި ވަރަށް ވަރުގަދަ!