ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވޯލްނަޓް ކާންވީ ކީއްވެ؟

ކެއުމުގައި ވޯލްނަޓް ހިމެނުމަކީ ސެލްތަކަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދޭނެ ކަމެކެވެ. މީގެ މައިގަނޑު ސަބަބަކީ ވޯލްނަޓަކީ އެންޓިއެކޮސިޑެންޓްސް ގިނަ ކާނާއެކެވެ. އެހެން ނަޓްސް އަށް ވުރެން ވޯލްނަޓްގައި ޕްލާންޓް އޮމެގާ-3 ފެޓީ އެސިޑްސް އޭއެލްއޭ ގިނަ އެވެ. މި ފެޓީ އެސިޑްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ވޮލްނަޓްގައި ޕޮލިފެނޮލްސް އެކުލެވިގެންވާ އިރު މިއީ އުރަމަތީގެ ކެންސަރާއި ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ވޯލްނަޓްސް އަކީ ސިއްހަތަށް ފައިދާހުރި ފެޓްސް، ޕްރޮޓީން، ފައިބަރ، އެންޓިއޮކްސިޑެންޓްސް، އަދި އޮމެގާ-3 ފެޓީ އެސިޑް ފަދަ ބައެއް ވިޓަމިންސް އަދި މިނަރަލްސް ގެ ރަނގަޅު މަސްދަރެކެވެ. އެއީ ސިއްހަތަށް ފައިދާހުރި މާމިން އޮއްޓަރުތައް (ނިއުޓްރިއެންޓްސް) ގިނައިން ހުންނަ އެއްޗެކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ނަޓް ބޭނުންކުރުމާއި ކާޑިއޯ ވެސްކިއުލަރ ސިއްހަތާ އޮންނަ ގުޅުމުގެ ހެކިތައް ދެނެގަނެފަ އެވެ.

“ސައިންޓިފިކް ހެކިތަކުން ދައްކާ ގޮތުގައި ސެޗުރޭޓެޑް ފެޓް އަދި ކޮލެސްޓްރޯލް މަދު ކާނާގެ ބައެއްގެ ގޮތުގައި ދުވާލަކު 1.5 އައުންސް ގިނަ ނަޓްސް ކެއުމުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވެދާނެ.”

* އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top