ކޮލިޓީ އަދި ތަފާތު އުފެއްދުންތަކެއް ގެނެސްދީފައިވާ އައިފިލްމްސް އަދި ކަޒްމިކް އިންޓަނޭޝަނަލްގެ ކުރިއަށް އޮތް ފިލްމު “ދޭދަރު ރުއިން” ފިލްމުގެ ޓީޒާއެއް މިއަދު އާއްމުކޮށްފި އެވެ. 20 ނޮވެމްބަރު 2024ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ލިޔެ ޑައިރެކްޓްކުރަނީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ އައްޒާމް އެވެ.
އެކްޝަން ތުރިލާ “ދޭދަރު ރުއިން” ފިލްމުގެ މައިގަނޑު ތަރިންނަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޝަރަފުއްދީން ޢަބްދު (ޝަރަފް)ގެ އިތުރުން މައިހާ އާދަމް ޒާހިރު އެވެ. މީގެ އިތުރުން ނޭޕާލު އަންހެން ކުއްޖެއްކަމަށްވާ ޝުޝްމާ ވެސް މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެއެވެ.
މިއަދު އާއްމުކޮށްފައިވާ ޓީޒާއިން ބައެއް އެކްޝަން މަންޒަރުތައް ފެނިގެންދެއެވެ.
@muniavas @I Films mv and @Kazmik brings you DHEYDHARU RUIN #DheydharuRuin ♬ original sound – MUNIAVAS
އައިފިލްމްސް އިން މިހައިތަނަށް ތިން ފީޗާ ފިލްމު ނެރެފައިވެއެވެ. ފިލްމު “ބަވަތި، “ނީނާ” އަދި “ކަންބަޅި”އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، މި ދެ ފިލްމުން މީގެ ކުރިން ދިވެހި ފިލްމުތަކުން ދައްކާފައި ނުވާ ފަދަ ތަފާތުތަކެއް ފެނިގެންދިޔަ ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކަޒްމިކް އިންޓަނޭޝަނަލް އިން ނެރުނު “ދަރަކަ” ސީރީޒަކީވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކްރައިމް ތުރިލާއެކެވެ. ކަޒްމިކުން ވަނީ “ފްރީ ޑެލިވަރީ”ގެ ނަމުގައި ކޮމެޑީއެއްވެސް ނެރެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!