ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟

ފާޠިމަތު ނަހުލާގެ ފިލްމު “ސޮރީ“އަށް އިންތިޒާރުކުރާ ފަރާތްތަކަށް މި ދެނީ ވަރަށް އުފާވެރި ޚަބަރެކެވެ. ފިލްމުގެ ޓިކެޓަށް އޮންލައިންކޮށް ބުކިންހެދުމުގެ ފުރުޞަތު މިމަހު 15ގައި ހުޅުވާލާނެ ކަމަށް މިއަދު ނަހޫ ބުނެފިއެވެ.

މުނިއަވަސްއަށް މަޢުލޫމާތުދެމުން ނަހޫ ބުނީ މާދަމާ ނޫން އަނެއް ދުވަހު (15 އޭޕްރީލް 2025) އިން ފެށިގެން ފިލްމުގެ ކުރިއަށް ހުރި ޝޯތަކަށް ޓިކެޓް ބުކިންއަށް ހުޅުވާލާނެ ކަމަށެވެ. ބުކިންއަށް ހުޅުވައިލުމާއެކު މިކަމާ ގުޅުންހުރި އިތުރު މަޢުލޫމާތު މުނިއަވަސްގެ ކިޔުންތެރިންނާ ހިއްސާކުރަމުން ގެންދާނަމެވެ.

ފިލްމު “ސޮރީ“ގެ ހިތްގައިމު ތަލަވައްވެސް މިހާރު ވަނީ ލަވަފޮށީގައި އާއްމުކޮށްފައެވެ.

ޖޫން 17 ގައި ރިލީޒްކުރާ މި ފިލްމުގެ ޓްރެއިލާއިން ފިލްމުގެ ލީޑު ތަރިން ފެނިގެންދާއިރު، އިހުސާސްތަކުން ފުރިފައިވާ މަންޒަރުތަކެއް ފެނިގެންދެއެވެ. މި ފިލްމުގެ ޓްރެއިލާއިން ލޯބި، ނަފްރަތު، ރުޅިވެރިކަން، ހިތާމަ ފަދަ އިހުސާސްތައް ވަރަށް ބޮޑަށް ގެނެސްދީފައިވެއެވެ. މީގެ އިތުރުން އެކްޝަން މަންޒަރެއްގައި ރާއްޖޭގައި ތިބި ވިލަން ރޯލުކުޅޭ އެންމެ ވަރުގަދަ ދެ އެކްޓަރުން ކަަމަށްވާ ރިއްޕެ އަދި އައްކިގެ ވަރުގަދަ ކުރިމަތިލުމެއްވެސް ފެނިގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top