ރާއްޖޭގެ އެންމެ ވަރުގަދަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެެއިންމެންޓުގެ ފިލްމެއްގައި މަސައްކަތްކޮށްލަން ޝައުގުވެރި ފަރާތްތަކަށް މިއޮތީ ސަޅި ފުރުޞަތެކެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއޮތީ ކާސްޓިން ކޯލަކަށް ހުޅުވާލާފައެވެ.
ދުވަހަކުވެސް ފިލްމީ ދާއިރާއަށް ފިޔަވަޅު އަޅަން ހުވަފެނުގައި ދެކެފައިވާނަމަ މިއީ އެ ފުރުޞަތުކަމަށް ޑާކް ރެއިންގެ ކާސްޓިން ކޯލުގައި ބުނެފައިވެއެވެ.
މި ކާސްޓިން ކޯލަށް ޝައުގުވެރިވާ ފަރާތްތަކުން ޑާކްރެއިންގެ ނަންބަރު 9911229އަށް އެސްއެމްއެސްއަކުން ނުވަތަ ވައިބަރ މެސެޖަކުން ނުވަތަ އީމެއިލްއަކުން އަންގައިލުމަށް ޑާކް ރެއިނުން އެދެއެވެ.
ކާސްޓިން ކޯލުގައި ބައިވެރިވެވޭނީ:-
🔸 އުމުރުން 18 އަހަރުން މަތީގެ މީހުންނަށް
🔸 މާލޭ އޭރިއާގައި ދިރިއުޅޭ ދެ ޖިންސުގެ މީހުންނަށް ފުރުޞަތު އެބަ އޮތް
📩 މެސެޖް ނުވަތަ ވައިބަރކޮށްލާނީ ޑާކްރެއިންގެ ނަންބަރު 9911229 އަށް ނުވަތަ މެއިލްކޮށްލާނީ [email protected] އަށް
🕛 ސުންގަޑި: 30 އޭޕްރީލް 2025
ޑާކް ރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ސިނަމާއަށް ގެންނާނެ ފިލްމަކީ އެ ޕްރޮޑަކްޝަންގެ 37 ވަނަ އުފެއްދުންކަމަށްވާ ފިލްމު “އަލިފާން” އެވެ.
އެކްޝަން ތުރިލާ ފިލްމު “އަލިފާން″ ރިލީޒްކުރަން ޕްލޭންކޮށްފައިވަނީ މި އަހަރު އޮކްޓޫބަރު މަހުގައި ކަމަށް ޑާކް ރެއިންގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.
މި ފިލްމުގެ މަސައްކަތްތައް އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ. މި ފިލްމު ޑައިރެކްޓްކުރަނީ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤްގެ އިތުރުން ޑާކް ރެއިންގެ ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމު “އަލިފާން”ގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ތޮލާލެވެ. މި ޓީމަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސްދިން ކާމިޔަބު ފިލްމު ރިވެންޖް އެކްޝަން ތުރިލާ “ފުރޭތަ” ވެސް އުފެއްދި ޓީމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!