އޮލިމްޕަސް ސިނަމާގައި މިހާރު ދައްކަމުން އަންނަ ނޫރް އެން ނޫރް މޫވީސްގެ ފިލްމު ”އަބަދަށް“ ގެ ވަދާއީ ޝޯތައް މި ހަފުތާ ބަންދުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ. އެގޮތުން ޝޯތައް އޮންނާނީ މިމަހު 15 ،16 އަދި 17 ވަނަ ދުވަހުގެރޭގައެވެ.

ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ޝޯގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ ”އަބަދަށް“ އަކީ މިދިޔަ މަހުގެ 28ވަނަ ދުވަހު ރިލީޒް ކުރި ފިލްމެކެވެ.

ފިލްމު ”އަބަދަށް“ އަކީ މަޝްހޫރު ޑައިރެކްޓަރ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މި ފިލްމު ބެލުމަށްފަހު ފިލްމީ މަސައްކަތުގައިވެސް ހަރަކާތްތެރިވަމުން އަންނަ އަޙްމަދު ޠަލާލް (ތޮލް) ބުނީ މިއީ ސައިކޮލޮޖިކަލް ތުރިލާގެ މާސްޓަރޕީސްއެއް ކަމަށެވެ. މީގެ އިތުރުންވެސް މި ފިލްމުގެ މަސައްކަތްތަކާއިމެދު އުފެއްދުންތެރި ފަންނީ ފާޑުކިޔުންތަކެއް ތޮލްގެ ފޭސްބުކް މެދުވެރިކޮށް ޢާއްމުކޮށްފައިވެއެވެ.

ފިލްމު ”އަބަދަށް“ މިއީ ބަލައިލަން ރީތި، މޮޅު ފިލްމެކެވެ. ސިނަމާއިން ބަލައިގެން ނޫނީ މި ފިލްމުގެ އަސްލު ފުރިހަމަކަމެއް ނުލިބޭނެއެވެ.

އަބަދަށް” ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ). އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުޙައްމަދު، އަޙްމަދު ޝާރިފްގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.