‘ބޮޑުބެރު މުބާރާތް 2025’ގެ ތިންވަނަ ރޭގެ ހުށައެޅުމާއެކު ލާމަސީލުލާމުގެ ހުނަރުވެރި “ރިދަމް ބޮޑުބެރު” ގްރޫޕުން އަމިއްލަ އުފެއްދުން ގެނެސްދިނުމުން ހެޓްރިކެއް ހަދައިފިއެވެ.
“ރިދަމް ބޮޑުބެރު” ގްރޫޕުން މިރޭ ގެނެސްދިން ފުރިހަމަ ނަލަ ލަވަ ‘ގޮމާ‘ އަކީވެސް އެ ގްރޫޕުގެ އަމިއްލަ އުފެއްދުމެކެވެ. ޗާލުޗާލު އަމިއްލަ ރާގެއްގައި ގެނެސްދިން ލޯބީގެ މި ލަވައިގެ ރާގާއި ޅެމަކީވެސް ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުމެކެވެ.
“ރިދަމް ބޮޑުބެރު” ގްރޫޕުން ފުރަތަމަ ރޭ ގެނެސްދިން ލަވަ އާއި ދެވަނަ ރޭ ގެނެސްދިން ލަވައަކީވެސް ދިވެހިވަންތަ ބޮޑުބެރުގެ އަސަރު އޭގެ ފުންމިނުގައި އިހްސާސްކުރުވި ދެ ލަވަކަން ފާހަގަކޮށްލެވެއެވެ.
ލާމަސީލުލާމުގެ ބޮޑުބެރު ގްރޫޕު “ރިދަމް” އިން އޮރިޖިނަލް އުފެއްދުންތަކެއް ގެނެސްދީ ދިވެހި މިއުޒިކްގެ ލާމަސީލު ނަމޫނާ ދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެ ގްރޫޕުގެ ލީޑް ވޯކަލިސް އަފްސަރް މިރޭ ބުނީ މި މުބާރާތުގައި ދެންވެސް ގެނެސްދޭނީ އަމިއްލަ އުފެއްދުމުގެ ލަވަތައް ކަމަށެެވެ.
މިރޭވެސް ޖަޖުންވަނީ “ރިދަމް”ގެ ހުށައެޅުމަށް ވަރަށްބޮޑަށް ތަޢުރީފުކޮށްފައެވެ. އެގޮތުން މިރޭވެސް މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) ބުނީ މިއީވެސް ހައްދުންމަތީގެ ހުށައެޅުމެއް ކަމަށެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މެއި 2025ޚަބަރުޢަބްދުއްރަޙީމް ޢަބްދުﷲ ގެ “ބަނަފުސާ އަދި އަރާއިރު” ނެރެފި
- 27 މެއި 2025ޚަބަރުބޮޑުުބެރު މުބާރާތް 2025 ގެ ފައިނަލަށް “ރިދަމް” އަދި “ސާދަތިރީސްއަށެއް”
- 26 މެއި 2025ޚަބަރު“ރިދަމް ބޮޑުބެރު” ގްރޫޕުން މިރޭ ހެދީ ހެޓްރިކެއް
- 26 މެއި 2025ޚަބަރުތޭރަގެ ހައްދެއްނެތް ތަޢުރީފް “ރިދަމް ބޮޑުބެރު” ގްރޫޕަށް!