ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!

ދިވެހީންގެ ދިރިއުޅުމާއި ޢީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ރާއްޖެ އައިސް ދިވެހީންނަށް ޚާއްޞަކޮށްގެން ޢީދު ތަހުނިޔާ މެސެޖެއް ދޫކޮށްލައިފިއެވެ. އެމްއެމްޕީއާރްސީން އާއްމުކޮށްފައިވާ މި ވީޑިއޯ ކްލިޕްގައި ފަރާ ފެންނަނީ ދިވެހި ރަތްލިބާހުގައި ހުރެ ޢީދު ތަހުނިޔާކިޔާ ތަނެވެ.

ފަރާ ޚާންގެ ޚާއްޞަ މެސެޖްގައި ބުނެފައިވަނީ ރާއްޖޭގެ އެންމެނަށް ޢީދުގެ ތަހުނިޔާ ފޮނުވާ ކަމަށެެވެ. އެންމެނަށްވެސް އުފާވެރި ޢީދަކަށް އެދޭކަމަށް ބުނީ އިންޑިއާ އެންމެންގެ ލޯތްބާއެކުގައި ކަމަށެވެ.

@muniavas FarahKhan wishes Eid Mubarak in Maldives #farahkhan #mmprcmv #bollywoodcelebrity ♬ original sound – MUNIAVAS

އެމްއެމްޕީއާރްސީގެ ދަޢުވަތަށް ފަރާ ޚާން ރާއްޖެ އަައީ އަމިއްލަ ކައްކާ، ދިލިޕް ވެސް ގޮވައިގެން ކަމެވެ. ދިލިޕާ އެކީ ފަރާގެ ޔޫޓިއުބްގައި މިހާތަނަށް ކެއްކުމާ ގުޅޭ ވަރަށް ގިނަ ވީޑިއޯތައް ގެނެސްދީފައިވެ އެވެ.

“މި އީދުގައި ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމުގެ ރީތިކަން ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ފަރާ ޚާންއާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭން މި ތިބީ ކެތްމަދުވެފައި،” އެމްއެމްޕީއާރުސީން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top