ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭޝިއަން ސުޕަރ ކަޕްގެ 2 މެޗަކަށް ދިވެހި ޤައުމީ ފުޓްބޯޅަޓީމް ޝްރީލަންކާގައި

ސްރީލަންކާގެ ކޮލޮމްބޯއިން ޢާއިޝަތު ރިފްޒާ

ރާއްޖޭގެ ޤައުމީ ފުޓުބޯޅަޓީމު މިމަހުގެ 06 އަދި 09ގައި ޝްރީލަންކާގައި ކުރިއަށްދާ “އޭޝިއަން ސުޕަރ ކަޕް”ގެ 2 މެޗެއް ކުޅޭނެއެވެ. މި މެޗްތައް ކުޅުމަށް ދިވެހި ޓީމު ޝްރީލަންކާއަށް ގޮސްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި މެޗްގެ ޓިކެޓް ވިއްކުން 05ވަނަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން 15:00އަށް ދިވެހިންނަށް ޚިދުމަތްކޮށްދޭ މައި މަރުކަޒު، “ސޯސަން ވިލާ”ގައި ކުރިއަށް ދާނެއެވެ.

ރަތް ކުލައަކީ ދިވެހި ޤައުމީ ޓީމުގެ ކުލައަށް ވެފައި، ދިވެހި ޓީމަށް ސަޕޯޓްކުރަން ދާ ބޭފުޅުންވެސް ރަތްކުލަ ތުރުކުރެއްވުމަށް ޓީމުން އެދެއެވެ. ދިވެހި ޓީމުގެ މެނޭޖަރ އައްބާސް ވިދާޅުވީ، ޓީމުގެ ކުޅުންތެރިން ތިބީ ޓީމު ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެދޭން ކަމަށާ އަދި ޓީމުން އެދެނީ ވީހާވެސް ގިނަ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެ ދިވެހި ޓީމަށް ސަޕޯޓް ކޮަށްދިނުމަށް ކަމަށެވެ.

މެޗްތައް ކުޅެނީ ޝްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޭސްކޯސް ސްޓޭޑިއަމްގައި ލަންކާ ގަޑިން ހަވީރު 05:00ޖަހާއިރުއެވެ. ޓިކެޓްގެ އަގު ތަކަކީ 1000 ލަންކާރުޕީސް އަދި 3000ލަންކާރުޕީސް އެވެ.

@muniavas ދިވެހި ޤައުމީ ޓީމަށް ފަހި ކާމިޔާބީއަަކަށް އެދެން Good Luck Maldives Nationa Football Team #asiansupercup2025 #maldivessoccer ♬ original sound – MUNIAVAS

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top