ސްރީލަންކާގެ ކޮލޮމްބޯއިން ޢާއިޝަތު ރިފްޒާ

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަޓީމު މިމަހުގެ 05އަދި 09ގައި ޝްރީލަންކާގައި ”އޭޝިއަން ސުޕަރ ކަޕް“ގެ 02 މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އިއްޔެ (06 ސެޕްޓެމްބަރ 2025)ގައި ލަންކާގެ ފަސްގަނޑުގައި ލަންކާ އާއި ދެކޮޅަށް ނިކުމެެ މެޗް ކާމިޔާބު ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި 02 ލަނޑު ޖަހައި ދެވަނަ ހާފްގައި 03ވަނަ ލަނޑު ހަމަކޮށް 3-0ން ރާއްޖެ މެޗް ކާމިޔާބު ކޮަށްފައިވެއެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮަށްދިނީ ޖަރޒީ ނަމްބަރު 08، އައިސަމްގެ އެހީތެރި ކަމާއެކު ލިބުނު ބޯޅައިން ޖަރޒީ ނަމްބަރު 09 ނާއިޒް(ދާދު) އެވެ. ދެވަނަ ލަނޑު ޖަހައިދީ ޖަރޒީ ނަމްބަރު 09 ނާއިޒް(ދާދު) ފަހިކޮށްދިން ބޯޅައިން ޖަރޒީ ނަމްބަރު 17 އިބްރާހިމް މަހުދީ (އިއްބެ)އެވެ. ތިންވަނަ ލަނޑު ޖަހައިދިނީ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔާ ޖަރޒީ ނަމްބަރު 21 (16އ) އިލާން ޕާސްކޮށްދިން ބޯޅައިން، ދެވަނަ ހާފްގައި ދަނޑަށް ކުޅެން އެރި ޖާރޒީ ނަމްބަރު 07 އަލީ ފާސިރް(ސެންޓޭ)އެވެ.

ޓީމުގެ ކުޅުންތެރިން ދިވެހި ސަޕޯޓަރުންނަށް ބުނެފައި ވަނީ މިހާ ތަނަށް ކުޅެވުނު މެޗްތަކުގައި ދިމާވި ހުރަސްތަކާއެކު ފަސް މެޗުން ކާމިޔާބު ނުވެ، ލަންކާ ޓީމާ ދެކޮޅަށް މެޗް ކާމިޔާބު ވުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާ އަދި މި ލިބުނު ކާމިޔާބަކީ ދިވެހި ސަޕޯޓަަރުންނަށް ހައްޤު އެއްޗެއްކަމަށެވެ.“ މީގެ އިތުރުން ޓީމުން ބުނީ މި މަހުގެ 09ވަނަ ދުވަހު ކުޅޭ މެޗަކީ ސީދާ ސަޕޯޓަރުންގެ އެހީއާއެކު މޮޅުވާން ނިކުންނަ މެޗަކަށް ވާނެކަމަށެވެ.

ޓީމުން އެދެނީ ދިވެހި ސަޕޯޓަރުން ދިވެހި ޓީމުގެ ރަތް ކުލައިން ވީހާވެސް ގިނައިން ސަޕޯޓްކުރުމަށް ދަނޑަށް ވަނުމަށެވެ.

އޭޝިއަން ސުޕަރ ކަޕް ކުޅުމަށް ދިވެހި ޓީމު ޝްރީލަންކާއަށް ގޮސްފައި ވަނީ މި މަހުގެ 04ގައެވެ. 09 ވަނަ ދުވަހުގެ މެޗްގެ ޓިކެޓް ވިއްކުން 08ވަނަ ދުވަހު ދިވެހިންނަށް ޚިދުމަތްކޮށްދޭ މައި މަރުކަޒު ”ސޯސަން ވިލާ“ގައި ކުރިއަށްގެންދާނެއެވެ.

މެޗް ކުޅޭނީ ޝްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޭސްކޯސް ސްޓޭޑިއަމްގައި ލަންކާ ގަޑިން ހަވީރު 05 ޖަހާއިރުއެވެ. ޓިކެޓް ގެ އަގު ތަކަކީ 1000 ލަންކާ ރުޕީސް އަދި 3000ލަންކާ ރުޕީސް އެވެ.

09ވަނަ ދުވަހު ލަންކާއާއި ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް ލަންކާގައި ދިރިއުޅޭ ދިވެހިން ތިިބީ ސަޕޯޓު ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ.

ލަންކާ ރާއްޖެ މެޗްްގެ އުސްއަލިތައް

@muniavas Maldives Won with 3 Goals Against Sri Lanka #AsianSupercup2025 #Maldivesfootball #fypシ゚ #fyppppppppppppppppppppppp #fypageシ #fy #fypage ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.