06 އޮކްޓޯބަރު 2025ގައި އޮލްިމަޕަހުގައި ރިލީޒްކުރާ ވަރުގަދަ ފިލްމު “އަލިފާން”ގެ ކެރެކްޓާތަކުގެ އިންޓަވިއުތައް ޑާކް ރެއިން އެންޓަޓެއިންމެންޓުން މިވަނީ ފަށާފައެވެ. އެގޮތުން މި ފިލްމުގައި މުހިންމެ ކެރެކްޓަރއެއް ކުޅެފައިވާ، ކުރިއަރަމުން އަންނަ މޫސާ އަލީފް މިވަނީ މި ފިލްމުގައި އޭނާ ކުޅެފައިވާ ރޯލާމެދު ބެލުންތެރިންގެ ހިތުގައި އުފެދޭނެ ސުވާލުތަކަށް ޖަވާބުދީފައެވެ.
“ވަަރަށް ހިތްހަމަޖެހުނު އެއް ސީން. ކަންކަށި މަތީގަ ޖަހާ ސީނެއް. ކަރު ބިންދައިގެންދާ ސީނެއް. ދެތިން ފަހަރަކު ބިންމައްޗަށް އެގޮތަށް ޖެހުވުނީމަ އަސްލު ވަރަށް ހިތްހަމަޖެހުނު. ދަތުން ތަންކޮޅެއް ބިންދައިގެންވެސް ދިޔަ، ކުޑަކުޑަ ތަންކޮޅެއް. އެކަމަކު އޭތި ވޯތު!“
— މޫސާ އަލީފް
މި ފަދަ އެތަކެއް ވާހަކަތަކެއް މި އިންޓަވިއުގައި އަލީފް ހިއްސާކޮށްފައިވެއެވެ.
ަ
ފިލްމު “އަލިފާން” ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.
އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދެއެވެ. ފައިޓް ސީންތަކެއް ފެނިގެންދެއެވެ. ފައިސަލްގެ ތަފާތު ލުކާއި، އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ)ގެ ފައިޓް ސީންގެ އިތުރުން ޝީލާ ނަޖީބް ކުޅެފައިވާ ތަފާތު ރޯލުގެ މިންވަރެއް ފެނިގެންދެއެވެ. މީގެ އިތުރުން ޝަރަފް، އަލީފްގެ އިތުރުންވެސް އިތުރު މޫނުތަކެއް ފެނިގެންދެއެވެ.
