ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް ސަންސްޕެންސް ތުރިލާ ‘އަލިފާން” ފިލްމު މިރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފަށާނެއެވެ.
“އަލިފާން” މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން 2024ވަނަ އަހަރު ރިލީޒްކުރި ވަރުގަދަ ފިލްމު “ފުރޭތަ” އުފެއްދި ޓީމުން ގެނެސްދޭ ފިލްމެކެވެ.
ފިލްމު ”އަލިފާން“ ބަލައިލުމަށް ނިކަން ރަނގަޅަށް ޗާޖްކޮށްލައިގެން ދާން ފެނެއެވެ. ސަބަބުތައް ބައިވަރެވެ. މިއީ އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލަސިފައިކޮށްފައިވާ ފިލްމެކެވެ. އަނެއްކޮޅުން، މި ފިލްމުގައި ނިކަން ވަރަުގަދަ ރޯލަކުން ފެނިގެންދާނެ ޝީލާ ކުޅެފައިވާ ކެރެކްޓަރ ފަރީދާ ބުނަނީ ’އުމުރު މުހިންމު ނޫންކަމަށާ، މުހިންމީ ހުނަރު ކަމަށެވެ.‘ ”ކިތަންމެ މުސްކުޅިޔަސް….. ކިތަންމެ ޅަޔަސް……. ހަމަ އޯކޭއީ ކަމަށްވެސް ވެދާނެއެވެ.

ފިލްމު ”އަލިފާން“ ގައި ފެނިގެންދާ ތަރިންގެ ތެރޭގައި ރަވީ ފާރޫޤް، ޝީލާ ނަޖީބް، ޝަރަފް ހިމެނެއެވެ. މީގެ އިތުރުން މި ފިލްމުގައި ޖޭމް އައްލޯ އާއި އާދަމް ރިޒްވީ، މައިހާ އާދަމް، އާއިމިނަތް ސުހާ، މޫސާ އަލީފް، މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު ހާޒިފް ހިމެނެ އެވެ.
ފިލްމު ”އަލިފާން“ ޑައިރެކްޓްކޮށްފައިވަނީ އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




