މިމަހު 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރި އެންމެންގެ ފިލްމު ”އިލްޒާމް“ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިހާރު 10 ޝޯ އެއްކޮށް ފުލްވެ، އިތުރު ޝޯތަކުގެ ޓިކެޓް ވިއްކަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ފިލްމަށް ބެލުންތެރިންގެ ފައްސި ކޮމެންޓްތައް ލިބެމުން އަންނައިރު، ފިލްމީ ދާއިރާގައި ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފައިވާ އެކްޓްރެސް ޢާއިޝަތު ޝިރާނީ ޔޫއްޕެގެ ”އިލްޒާމަށް“ ދިން ރައްދު ފާހަގަކޮށްލެވެއެވެ.
”އިލްޒާމް ފިލްމާ ދޭތެރޭ ބުނާނީ ޔޫއްޕެގެ ޑައިރެކްޝަން ހަމަ ސުޕަރބްއޭ ބުނެވޭނީ، އެއްވެސް ފޫހިމަކެއް ނެތި ފިލްމު ބަލައިލެވުނު އެއް ފިލްމު މީ، މި މުޖުތަމަޢުގައި ހިނގާ ވަރަށް ނޭދެވޭ ކަންތައްތަކެއްގެ ވާހަކަޔާ އާއިލީ މައްސަލަތައް ހަމަ ވަރަށް ގިނައިން ހިނގާ ކަންތައްތައް. ދެން ބޭކާރުގޮތުގަ ސީންތައް ދިގުނުވެފަ، އަދި ވަރަށް ފާހަގަކުރެވޭ ހުރިހާ އެންމެންގެ އެކްޓިން މޮޅުކަން. ރަޝީދު، ޔޫއްޕެ، ނިމާލް، ޝަކީލާ، ޝިފާ، ލައި، އާމިރާގެ ރޯލް ވަރަށް މޮޅަށް ކުޅެފަ އިނީ، ފައިސަލް، ސައީދު، އެންމެން ހަމަ އެމީހުންގެ ކެރެކްޓަރ ވަރަށް ފުރިހަމައަށް އަދާކޮށްފަ ވަނީ.
ތިހާ ބޮޑު ކާސްޓެއް ގެންގުޅުމަކީ ފަސޭހަކަމެއް ނޫން. ބަލައިލަން ހަމަ ވަރަށް ރީތި ފިލްމެއް. ބަލާހިތުން އިންދާ ނިމިގެން ދިޔަ ފިލްމެއް އިލްޒާމަކީ.”
– ކުރީގެ މަޝްހޫރު އެކްޓްރެސް ޢާއިޝަތު ޝިރާނީ
ޝިރާނީ ވަނީ މި ފިލްމުގައި ލައިޝާގެ އެކްޓިން ވަރަށް މޮޅުކަން ފާހަގަކޮށް ތަޢުރީފުކޮށްފައެވެ.
@muniavas Euppe ge ILZAAMAH Shiraani Bunee Keekay? #ilzaam @eupeproductions @dharaa64 @laesharr @laina4669 ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




