ޑާކް ރެއިންގެ “އަލްވަދާޢު” ޕްރިމިއާ ޝޯއަށް 10 ނަސީބުވެރިންނަށް ހިލޭ ޓިކެޓް ދޭން ނިންމައިފި އެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން މި އަހަރުގެ ފިލްމީ މަސައްކަތްތަކަށް އަލްވަދާއުކިޔުމަށް އުފައްދާ ފިލްމު ‘ޕްރޮޖެކްޓް 39’ގެ ނަން ދިމާކުރާ ފަރާތަކަށް ފިލްމުގެ ޕްރިމިއާ ޝޯއިން ޓިކެޓެއް ދިނުމަށް ހުޅުވައިލިއެވެ. މި ކަމަށް އެދި މެސެޖްކުރި އެއްހާހަށް ވުރެން ގިނަ މީހުންގެ މެދުގައި ގުރުއަތު ނަގައި 10 މީހުންނަށް ޕްރިމިއާ ޝޯގެ ޓިކެޓް ދިނުމަށް ނިންމައި، އެ ނަސީބުވެރި ފަރާތްތައް މިއަދު ވަނީ ހޮވާފައެވެ.
“އަލްވަދާޢު”ގެ ނަމުން ނަންދީފައިވާ މި ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާނެ ލައިޝާ ހުށައަޅައިދިން ގުރުއަތު ވީޑިއޯގައި، ގުރުއަތު ނަގާފައިވަނީ މޯބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. އެގޮތުން ޕްރިމިއާ ޝޯއަށް ވަނުމުގެ ފުރުޞަތު ލިބިގެންދިޔަ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައިވެއެވެ.
އަސަރުގަދަ ލޯބީގެ ފިލްމެއް ގެނައުމަށް އުފައްދާ މި ފިލްމަކީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ކެމެރާކުރާނީ ފިލްމު ޑައިރެކްޝަނުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ފައިސަލް އެވެ. ފިލްމުގެ ޓެކްނިކަލް މެނޭޖަރަކީ ޒިފާފް އެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




