ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒު ބާއްވައިފި

ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒު 2025” 07 ނޮވެމްބަރު 2025 ހުކުރު ދުވަހު ފަށައިފި އެވެ.

ހުކުރު ދުވަހު ހަވީރުން ފެށިގެން ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައި ކުރިއަށްދާ މި މައުރަޒު މިރޭ 20:25 އިން 23:00 އަށް އަދި މާދަމާ ހެނދުނު 09:30 ން 11:30 އަށް ކުރިއަށްދާނެއެވެ.

ލ. އަތޮޅުގެ މަސައްކަތްތެރިންގެ ހުނަރު ފާހަގަކޮށް ކުރިއަރުވައި ހުނަރުވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް އުފެއްދުންތަކުގެ ފެންވަރު އެއްތަނަކުން ފެންނާނެ ގޮތަށް ހުޅުވައިލި “ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒު 2025” ގައި 14 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި މައުރަޒުން އެއްވަނަ ލިބުނު ސްޓޯލަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ.

@muniavas ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒު ބާއްވައިފި LaamaseeluLaamu Masakkaiytheringe Maurazu Baavvaifi #laamaseelulaamu ♬ original sound – MUNIAVAS


މި މުބާރާތަށް އިންސާފުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖަރ ސްޓްރެޓެޖިކް ޑިވެލޮޕްމެންޓް އެންޑް ރީޖަނަލް ސާރވިސަސް ޙުސައިން ނުވާސް އަދި އަޙްމަދު ޒާހިރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top