ހިތްގައިމު ވީޑިއޯ ލަވަތަކެއް ނެރެމުން އަންނަ ”އިން ކްލިކްސް“ ސްޓޫޑިއޯގެ 10ވަނަ ވީޑިއޯ ލަވަ ނެރެން ތައްޔާރުވެއްޖެ އެވެ. މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2025 ވަނަ ދުވަހު ކަމަށް އެ ސްޓޫޑިއޯއިން ބުނެއެވެ.
“އިން ކްލިކްސްގެ ދިހަވަނަ ލަވައަކީ އިން ކްލިކްސްގެ މެނޭޖަރ، ވީޑިއޯ ގްރާފަރ އަދި ޑައިރެކްޓަރ ސުނިލްގެ 30ވަނަ އުފަންދުވަހަށް ޚާއްޞަކޮށް ހަދާ ލަވައެއް.”
– “އިން ކްލިކްސް” ސްޓޫޑިއޯގެ އޯނަރުންގެ ތެރެއިން އިބްރާހީމް ނިޔާޒް
“އިން ކްލިކްސް” ސްޓޫޑިއޯއިން މިފަހަރު ނެރޭ ހިތްގަމު ލޯބީގެ ލަވައަކީ “ހިތް ދީފީމޭ” އެވެ. މި ލަވައިގެ މަސައްކަތް ކޮށްފައިވަނީ މަޝްހޫރު ޑާންސް ގްރޫޕް އެކްސްޓްރީމް ލެވެލްއާ ގުޅިގެންނެވެ.
ލަވައިގެ ޓްރެއިލާ މީގެ ދެދުވަހެއް ކުރިން ވަނީ އާއްމުކޮށްފައެވެ.
ލަވައިގެ އިތުރު މަޢުލޫމާތުތައް:-
🎶 ލަވައިގެން ނަން: “ހިތް ދީފީމޭ”
🎶 ލިރިކްސް، ސިނަމޮޓޮގްރަފީ އަދި ޑައިރެކްޝަން: އިބްރާހިމް ސުނިލް
🎶 ލަވަ ކިޔައި ރެކޯޑިން ހެދީ: ޢަބްދުﷲ ޝާފިޢު (ޝާ ސްޓޫޑިއޯ)
🎶 ލަވައިގެ ތަރިން: އިޝާ، ޝައި، ރިއްކޮ، ރޫ އަދި އިބްރާހީމް ނިޔާޒް (އިއްބެ)
🎶 ބެކް ޑާންސަރުން: ކެވިން، ދާން، ނިތިން އަދި ޝިއާ
🎶 އެޑިޓިން: އިބްރާހިމް ނިޔާޒް
🎶 ކޮސްޓިއުމް: ސުނިލް އަދި ރިއްކޮ
🎶 ކޮރިއޮގްރަފީ: ޝައި އަދި ރިއްކޮ
🎶 މޭކަޕް: ރިއްކޮ އަދި ރޫނާ (ރޫ)
🎶 ޕްރޮޑިއުސްކުރީ: “އިން ކްލިކްސް“
@muniavasHiy Dheefeemey Trailer – InClicks Studio @ibbeniyer.official♬ original sound – MUNIAVAS
