ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮޅުނބު ކަޕް 2025 ނިންމާލައިފި

ލަންކާގައި ދިރިއުޅޭ 3 ދިވެއްސެއް އިސްވެ ހުރެ، ދިވެހިންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ “ކޮޅުނބު ކަޕް” މި އަހަރުވެސް ބާއްވައިފިއެވެ.

މިމަހުގެ 15 އަދި 16ވަނަ ދުވަހު ބޭއްވި މި މުބާރާތުގައި 12 ޓީމު ބައިވެރިވެފައިވެއެވެ. ދެ ދުވަހަށް ބަހާލައިގެން ގެންދެވުނު މި މުބާރާތުގައި ދިވެހިންގެ އިތުރުން ލަންކާގެ ޓީމުތަކާއި ލީބިޔާ އަދި ސަައުދީގެ ޓީމެއްވެސް ބައިވެރިވެފައިވެއެވެ.

މުބާރާތް ފަށްޓަވާދެއްވީި މިނިސްޓަރ ކައުންސިލަރ އެންޑް ހެޑް އޮފް ޗާންސެރީ އިސްމާއިލް މަމްދޫހުއެވެ. މުބާރާތުގައި ދިވެހި އާޓީމުތައް ބައިވެރިވެފައިވެއެވެ. މިގޮތުން ފުޓުބޯޅައިގެ ހުނަރު ހުރި މޮޅު ކުޅުންތެރިން ފެނިގެން ދިޔައެވެ.

ފޯރި ގަދަ މި މުބާރާތުގައި ފައިނަލްގައި ވާދަކުރީ ލަންކާގެ ޓީމެއް ކަމަށްވާ “ރެޑް ޑެވިލްސް” އާއި ދިވެހި ޓީމު “ޖޭ.ޖޭ.އެސް.ސީ”އެވެ. 5-0 މިމުބާރާތުގެ ތަށި އުފުލާލާފައި ވަނީ ދިވެހި ޓީމް “ޖޭ.ޖޭ.އެސް.ސީ”އެވެ.

[MDSL id=50443]

މުބާރާތުގައި އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ “ޖޭ.ޖޭ.އެސް.ސީ” ޓީމުގެ 3 ކުޅުންތެރިން ކަމަށްވާ، އިސްމާއިލް އީސާ،ޝައްފާން އަދި މާޓިންގެ އިތުރުން “މެޖިސްޓަރ” ޓީމުން، ފަޒާލް އަދި “ރެޑް ޑެވިލްސް” އިން އަރްޝަދް އެވެ.

ވަނަތަކަށް ހޮވުނު ޓީމުތަކަށް ތަށްޓާއި މެޑަލް ހަވާލު ކޮަަށްދެއްވީ ޝަރަފްވެރި މެހެމާން، ލަންކާޔަށް ކަނޑައަޅުއްވާފައި ހުންނަ ވަޒީރު މައްސޫދު އިމާދެވެ.

މުބާރާތުގެ ނިންމުން ފާހަގަ ކުރުމަށް  ލަންކާގައި ދިރިއުޅޭ ކަނބަލުންގެ ޚާއްސަ ފުޓްސެލް މެޗެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މުބާރާތް ސްޕޮންސަރކޮށްދީފައި ވަނީ 3އެޗް.ލޮޖިސްޓިކް އިންނެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިންގެ މައި މަރުކަޒު ސޯސަންވިލާގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top