ރޮކް މިއުޒިކަށް ރާއްޖޭގައި އެންމެ ކުޅަދާނަ އެއް ބޭންޑް ކަމަށްވާ ”ޓްރެފިކް ޖޭމް“އާ އަލަށް ގުޅިފައިވަނީ އަބްދުالله އަރަފާތު (އައްޑޮ) އަދި އިބްރާހިމް ސާމިހު (އިއްބެ) އެވެ. ދާދިފަހުން އައު ލޯގޯއެއް ތަޢާރަފުކޮށްފައިވާ މި ބޭންޑަކީ 2005ވަނަ އަހަރު އުފެއްދި ބޭންޑެކެވެ.

ޓްރެފިކް ޖޭމްއާ އަލަށް ގުޅުނު އައްޑޮއަކީ ބޭސް ގިޓަރިސްޓެކެވެ. އިއްބެއަކީ ޑްރަމަރެކެވެ. އައްޑޮއަކީ ފަސީ ލައިވް އަދި ވަލު އިލްމުގެ އިތުރުން އީމާންސް ކޮންސްޕިރެސީ ފަަދަ ބޭންޑުތައް އުފެއްދުމުގައި ހަރަކާތްތެރިވި މެމްބަރެކެވެ.

ޓްރެފިކް ޖޭމް ބޭންޑުން ވަނީ މިހާތަނަށް ވަރަށް ވަރުގަދަ ލަވަތަކެއް ގެނެސްދީފަ އެވެ. ”ޓްރެފިކް ޖޭމް“ އަކީ ރާއްޖޭން ބޭރުގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ބޭންޑެކެވެ.

ޓްރެފިކް ޖޭމް އިން ނެރުނު ފުރަތަމަ އަލްބަމަކީ ”ދިރިތިއްބަސް މަރުވެފާ“ އެވެ. އެއަށް ފަހު ”ތިއީ އެއްވެސް ބާރެއް އޮތް ބައެއް ނޫން“ ގެ ނަމުގައި ދެ ވަނަ އަލްބަމެއް ނެރުނެވެ. އެއަށް ފަހު ”މާފުށީ ސްކޫލް“ ގެ ނަމުގައި ތިން ވަނަ އަލްބަމް ނެރުނީ 2010 ވަނަ އަހަރު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.