މިއަހަރު ދިވެހި ސިނަމާއަށް ނެރުނު އެންމެ ރީތި ދިވެހި ފިލްމުކަމަށް ބެލުންތެރިން ބުނަމުން އަންނަ ފިލްމު ”އަލްވަދާޢު“ގެ ވަދާޢީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށާފައިވާކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އިން ބުނެފިއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މިއަދު މުނިއަވަސްއަށް ބުނީ ފިލްމުގެ ވަދާޢީ ޝޯތަކުގެ ޓިކެޓް މިއަދު ވިއްކަން ފަށާފައިވާ ކަމަށެވެ.
ފިލްމު ”އަލްވަދާޢު“ގެ އެންމެ ފަހު ޝޯ އޮލިމްޕަހުގައި އޮންނާނީ މިމަހު 20 ވަނަ ދުވަހުގެ ރޭގައެވެ.
ފިލްމު“ އަލްވަދާޢު“ގެ އިތުރު ޝޯއެއް މި އަންނަ ހުކުރުދުވަހު މެންދުރު ފަހު 14:30ގައި އޮންނާނެ ކަމަށްވެސް މޮގާ ބުންޏެވެ.
ބެލުންތެރިންގެ ވަރުގަދަ ތަރުހީބަކާއި ތަޢުރީފެއް ލިބެމުން އަންނަ މި ފިލްމަކީ މިހައިތަނަށް ބަލައިލެވުނު އެންމެ ސަޅި ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ”އަލްވަދާޢު“ގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓަރު މަރިޔަމް މަޖުދާ އަދި ޝަރަފް އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ލައިޝާ ލަޠީފް، މަޒީން، ހާޒިފް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




