ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 250 ޑޮލަރަށް ކުޑަކޮށްފި

ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވޭ ލިމިޓް، އަނެއްކާވެސް 250 ޑޮލަރަށް ކުޑަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގޮތުގައި މިއަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުން ބޭރުގެ އީކޮމާސް ޕްލެޓްފޯމުތަކުން ވިޔަފާރިކުރެވޭ ލިމިޓް ވަނީ 250 ޑޮޮލަރަށް ކުޑަކޮށްފައެވެ.

ދިވެހީންގެ ބޭންކް، ބީއެމްއެލް އިން ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ.

ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓް ކުޑަކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މި ފަހަކަށް އައިސް ދިވެހީންގެ ބޭންކާމެދު ދިވެހީންގެ ފާޑުކިޔުންތައް އިންތިހާއަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top